އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓު ފޮށިތައް ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށިތައް ބަހައްޓާ ތަން އިޢުލާން ކުރުން

 

(IUL)38-CA/38/2021/131 :ނަންބަރު

އިޢުލާން

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި

އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތައް ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށިތައް ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް

ވޯޓުލާ ސަރަހައްދުގެ ތަފްސީލު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ފޯކައިދޫ ސްކޫލްގެ ލައިބްރަރީގައި

މި ފޮށްޓަށް ވޯޓުލާނީ ފޯކައިދޫ ފިލިމަގުގެ ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ށ. ފޯކައިދޫ-2

C7.2

60

އަލިފުށީ ސްކޫލްގެ އިރުމަތީ ޢިމާރާތުގެ ލެބް ކްލާސްރޫމް ގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށީ ހަވީރީ ހިނގުމުގެ ހުޅަނގުން، ޣާޒީމަގުގެ ދެކުނު ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ރ. އަލިފުށި-1

E1.1

89

އަލިފުށީ ސްކޫލްގެ ހުޅަނގު ފަރާތު ޖީ ބްލޮކްގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށީ މެހެމާނީ ހިނގުމުގެ ހުޅަނގުން، އަމީނީމަގުގެ ދެކުނުން، މުހައްމަދު އަލީކޮށިމަގުގެ ހުޅަނގުން، ޣާޒީމަގުގެ އުތުރު ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ރ. އަލިފުށި-2

E1.2

90

އަލިފުށީ ސްކޫލްގެ ހޯލްގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށި ހަވީރީ ހިނގުމުގެ އިރުން، ޣާޒީމަގުގެ އުތުރުން، މުހައްމަދު އަލީކޮށިމަގުގެ އިރުން، އަމީނީމަގުގެ އުތުރުން، މެހެމާނީ ހިނގުމުގެ އިރުމަތީ ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރ. އަލިފުށި-3

E1.3

91

އުނގޫފާރު ސްކޫލުގެ ލެބް 1 ގައި

މި ފޮށްޓަށް ވޯޓުލާނީ އުނގޫފާރު ޣާޒީ މަގުގެ ހުޅަނގުން، މޯރނިންގވާދީ ހިގުމުގެ އުތުރުން ފަރީދީ މަގުގެ ހުޅަނގުން، ޒަމާނީ މަގުގެ ދެކުނުގެ ސަރަހައްދުގެ ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރ. އުނގޫފާރު-1

E6.1

97

އުނގޫފާރު ސްކޫލުގެ ލެބް 2 ގައި

މި ފޮށްޓަށް ވޯޓުލާނީ އުނގޫފާރު ޣާޒީ މަގުގެ އިރުން، މޯރނިންގވާދީ ހިގުމުގެ ދެކުނުން ފަރީދީ މަގުގެ އިރުން، ޒަމާނީ މަގުގެ އުތުރު ސަރަހައްދުގެ ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނެވެ.

ރ. އުނގޫފާރު-2

E6.2

98

މަދްރަސަތުލް އިފްތިތާޙްގެ ސީ ބްލޮކް ކޮމްޕިއުޓަރ ރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ  ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-5

G2.5

140

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 1 ގެ ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އއ. ރަސްދޫ-2

U2.2

237

ދ. އަތޮޅު މަދަރުސާ ޕްރީސްކޫލް ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަނދަރު ސަރަހައްދުން ފެށިގެން ޗާންދަނީމަގުން އިރަށް އައިސް ފަރީދީމަގުގެ އުތުރުން އަމީނީމަގުން އިރަށް، ސޯސަންމަގުން ދެކުނަށް، ރަށުގެ ބޭރުން އިރުއުތުރުން ހިތްފަސޭހަ މަގުން ހުޅަނގަށް ބަނދަރާހަމައަށްވާ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ދ. މީދޫ-2

M1.2

279

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލް.ކޭ.ޖީ ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ ތިމަރަފުށީ، ލިލީމަގުން އިރަށްގޮސް ޣާޒީމަގުން ދެކުނަށްގޮސް އިރަމާމަގުން އިރަށް ގޮސް ސަތަރުގޯޅިން ދެކުނު، ގަދަހަމައިދިމަގުގެ އުތުރާއި ދެމެދުގައިވާ ސަރަޙައްދުގެ ދެމެދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ތ. ތިމަރަފުށި-2

N10.2

299

ގއ. އަތޮޅު މަދަރުސާ ހޯލްގައި

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ ދަންނައާދަންސައީދު މަގުގެ އިރުމަތީ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގއ. ކޮލަމާފުށި-1

P1.1

321

ގއ. އަތޮޅު މަދަރުސާ ހޯލްގައި

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ ކޮލަމާފުށީ ދަންނައާދަންސައީދު މަގުގެ ހުޅަނގު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ގއ. ކޮލަމާފުށި-2

P1.2

322

ކުރިން ގދ. އަތޮޅު މަދަރުސާ ހިންގި ގޯތީގެ ބޮޑު ހޯލް ދެކުނުރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ ގައްދޫ ކަނީރުމަގުން ހުޅަނގަށް ގޮސް އަސަރީމަގު ގުޅުނު ހިސާބުން ދެކުނަށް ގޮސް ވައިލެޓްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން ދެކުނަށް ގޮސް ކަޅެގަލެކޮޑުމަގު ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން، ވަތަބަނޑޭރިމަގުން އުތުރަށް ގޮސް ކަނީރުމަގާއި ހަމައަށް ވަށައިލެވޭސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ގދ. ގައްދޫ-1

Q5.1

346

ކުރިން ގދ. އަތޮޅު މަދަރުސާ ހިންގި ގޯތީގެ މެދު ޢިމާރާތުގެ ދެކުނު ކްލާސްރޫމް ގައި

މި ފޮށްޓަށް ވޯޓުލާނީ ގައްދޫ ކަނީރުމަގުން ހުޅަނގަށް ގޮސް އަސަރީމަގު ގުޅުނު ހިސާބުން ދެކުނަށް ގޮސް ވައިލެޓްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން އުތުރަށް މެދުރަޓު ގޯޅިއާ ހިސާބުން ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން މެދުރަޓު ގޯޅިން އިރަށްގޮސް ކާރުނޭޝަން މަގުން އުތުރަށް ގޮސް އޯކިޑްމަގާ ގުޅުނު ހިސާބުން އިރަށް ގޮސް އަމީރުއަޙްމަދުމަގު ގުޅުނު ކަންމަތިން ދެކުނަށް ގޮސް މަލުތެރޭ ގޯޅިން އިރަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން ދެކުނަށް ގޮސް ކަނީރުމަގާ ހަމައަށް ވަށާލެވޭ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގދ. ގައްދޫ-2

Q5.2

347

ކުރިން ގދ. އަތޮޅު މަދަރުސާ ހިންގި ގޯތީގެ 2 ބުރި ޢިމާރާތުގެ ތިރީގައިވާ ކްލާސްރޫމް ގައި

މި ފޮށްޓަށް ވޯޓުލާނީ ގައްދޫ މަލުތެރޭ ގޯޅިން ހުޅަނގަށް ގޮސް އަމީރުއަޙްމަދުމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް އޯކިޑްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ކާރުނޭޝަންމަގުން ދެކުނަށް ގޮސް މެދުރަޓުގޯޅިން ހުޅަނގަށް ގޮސް ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް ހުސައިންމަނިކުމަގާ ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން ވަތަބަނޑޭރިމަގުން ދެކުނަށް ގޮސް މަލުތެރޭގޯޅިއާއި ހަމައަށް ވަށާލެވޭ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގދ. ގައްދޫ-3

Q5.3

348

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

21 ޝަޢުބާން 1442

 

04 އޭޕްރިލް 2021
ހޯދާ