މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ICCR SCHOLARSHIP 2021

ICCR Scholarship 2021

 

       އިންޑިއާގެ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައ.ސީ.ސީ.އާރު) ގެ ފަރާތުން ތިރީގައި މިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް އެފަރާތުންވަނީ އަންގަވާފައެވެ.

#

ސްކޮލަރޝިޕް ސްކީމް

ޢަދަދު

1

އެއިޑް ޓު މޯލްޑިވްސް

20 ފުރުޞަތު

2

ޖެނެރަލް ސްކޮލަރޝިޕް ސްކީމް

15 ފުރުޞަތު

3

ކޮމަންވެލްތު ސްކޮލަރޝިޕް

4 ފުރުޞަތު

 

 

 

 

 

މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕްދެއްވާ ފަރާތުންނެވެ. ޙަރަދުތަކުގެ ތަފްޞީލް މި ޢިއުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން މެޑިކަލް/ޕެރަމެޑިކަލް (ނާރސިންގ/ފިޒިއޮތެރަޕީ/އެނެސްތެސިއާ) ފަދަ ކޯސްތައް އަދި ފެޝަން ކޯސްތަކުގައި ބައިވެރިނުވެވޭނެކަމަށް ސްކޮލަރޝިޕް ދެއްވާ ފަރާތުންވަނީ އަންގާފައެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

http://a2ascholarships.iccr.gov.in

 

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2021 ވާ އަންގާރަ ދުވަހެވެ. މި ސްކޮލަރޝިޕް ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ އޮންލައިން ޕޯރޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

http://a2ascholarships.iccr.gov.in/#myLogin

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

04 އޭޕްރިލް 2021
ހޯދާ