މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ އެކިއެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްޞަކޮށް، ތަރައްޤީކޮށްފައިވާ ޒޯނުތަކުން ހުސްވެފައިވާ ސްލޮޓްތަކަށް އެދޭ ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއިބެހޭ

މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އަގުނަގައިގެން ޕާކުކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ  ހަތަރު ފުރޮޅުލީ ވެހިކަލް ޕާރކިންގ ޒޯނުތަކުގައި އެކިއެކި ސަބަބުތަކާހުރެ ހުސްވެފައިވާ ސްލޮޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު 11 އޭޕްރިލް 2021 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާގޮތަށް ހަމަޖައްސައިފީމެވެ.

 

މި ޒޯންތަކުން ދޫކުރާ ޕާކިންގ ސްލޮޓެއްގެ އަގަކީ މަހަކު 3000.00 (ތިން ހާސް) ރުފިޔާއެވެ. މި ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތިނޫން ޕިކަޕަށެވެ. މި ޒޯންތަކުން ޕާކިންގ ސްލޮޓު ލިބެންހުރި އަދަދު މި ކައުންސިލުގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ޕާރކިންގ ސްލޮޓަށް އެދޭނީ މިކައުންސިލުގެ ވެބްސައިޓް www.malecity.gov.mv ގައި މިކަމަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށެވެ.

ޕާރކިންގ ސްލޮޓަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މައުލޫމާތާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަށް އަދި އަމަލުކުރަންޖެހޭގޮތް މި ޕޯޓަލްގައިވާ "ޕާރކިންގ އުސޫލް" އިން އެނގެން އޮންނާނެއެވެ.

ޕާރކިންގ ސްލޮޓަށް އެދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރު ވަމުންދާނެއެވެ. ޕާރކިންގ އުސޫލާ ޚިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެއެވެ.

މަލޭ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާރކިންގ ޒޯންތަކުގެ ޖާގަތައް ކައުންސިލުގެ ވެބްސައިޓުގައި "ޕާރކިންގ ޕޯޓަލް" އިން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.   

03 އޭޕްރިލް 2021
ހޯދާ