އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ 03 މަސްދުވަހުގެ މުއްދަތަކަށް ބަލެހެއްޓުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ 03 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އެޕްރީލް 2021 އާއި 06 އެޕްރީލް 2021 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 08 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓްގެ ކޮޕީއެއް ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް06 އެޕްރީލް 2021 ވަނަ ދުވަހުގެ 14:15ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

01 އޭޕްރިލް 2021
ހޯދާ