މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

AFC/HR/2021/05 :ނަމްބަރު

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާޓްމެންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

ޖުމްލަ މުސާރަ:

4,960.00 ރުފިޔާ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

- އިންޖިނިއަރިންގ ޑިޕާޓްމަންޓުގައި ކުރަންޖެހޭ ހުރިހާ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.

- އިންޓަރނަލް އަދި އެކްސްޓަރނަލް ޖޮބް އޯޑަރުތައް ހެދުމާއި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.

- ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.

- ޑެއިލީ ރިޕޯޓް، ވީކްލީ ރިޕޯޓް، އަދި މަންތްލީ ރިޕޯޓްތައް ކަނޑައެޅިފައި އޮންނަ ތާރީޚުތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 07 އޭޕްރީލް 2021 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7945771 ފޯނަށް ގުޅުއްވުން އެދެމެވެ.

01 އޭޕްރިލް 2021
ހޯދާ