ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މިވަގުތު ހުސްވެފައިވާ 1ޖާގައަށް ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލުން

މަސްމާރުކޭޓްގެ 01 ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތަށް އެދުމުގެ ފުރުޝަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޭޕްރީލް 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން "ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށައަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިޖާގަ ދޫކުރުމަށް ހަމަޖެހިފައިވާނީ މިކަމަށް އެދިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުޢަތު ލައިގެންނެވެ.

މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މަޢުލޫމާތު  މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސް ކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ.

ފޯމްދޫކުރުމާއި ފޯމް ބަލައިގަތުން 04 އޭޕްރީލް 2021 ވަނަ ދުވަހުގެ 08:00 ން ފެށިގެން 11 އޭޕްރީލް 2021 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

01 އޭޕްރިލް 2021
ހޯދާ