މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުޞަތު

އިންޓަރންޝިޕް ފުރުސަތު

ބޭނުންވާ އަދަދު:

10

ބޭނުންވާ މުއްދަތު:

6 (ހައެއް) މަސްދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

ޝަރުޠު:

ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން.

މަސައްކަތްކުރަންޖެހޭ ސެކްޝަންތަކާއި މަސްއޫލިއްޔަތުތައް

އެޑްމިނިސްޓްރޭޝަން ސެކްޝަން

  • މިނިސްޓަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ހިއުމަން ރިސޯސް ސެކްޝަން

  • ހިއުމަން ރިސޯސް ސެކްޝަންގެ ފައިލިންގ މަސައްކަތް ކުރުން.
  • ހާޒިރީގެ މަސައްކަތް ކުރުން.
  • އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވެދިނުން. 

އިންޑަސްޓްރީ ހިއުމަން ރިސޯސަސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން

  • ފާސް ޕޯޓަލް އަދި ކޮވިޑް-19 އާއި ގުޅުން ހުރި މަސައްކަތްތައް ކުރުން.
  • އިންޑަސްޓްރީ އެޗް.އާރުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވުން.
  • އިންޓަރނޭޝަނަލް ރިލޭޝަންގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވުން.

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން

  • ކޮމްޕިއުޓަރތަކުގެ ޓްރަބަލް ޝޫޓިން މަސައްކަތްތައް ކުރުން
  • ނެޓްވޯކް އަދި ވައިފައި މަސައްލަތައް ހައްލު ކުރުމަށް އެހީތެރިވުން.
  • މިނިސްޓްރީގެ އޮންލައިން މީޓިންތަކުގެ ސެޓަޕް ހަދައި ދިނުމާއި މީޓިންތައް ނިމެންދެން ޓެކްނިކަލް ސަޕޯޓް ދިނުން.

ޑިވެލޮޕްމަންޓް ސެކްޝަން

  • ޑިވެލޮޕްމަންޓް ސެކްޝަން އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ސްޓެޓިސްޓިކް ސެކްޝަން

  • ރާއްޖޭގައި ފަތުރުވެރިން ބައިތިއްބާ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ މަޢުލޫމާތު އެއްކޮށް، މަންތްލީ އަދި އެނުއަލް ރިޕޯޓް ތައްޔާރުކުރުން
  • ރާއްޖޭގެ ފަތުރުވެރިކަމާއިގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް، ފަތުރުވެރިން ބައިތިއްބާ ތަންތަނުން ބޭނުންވާ އެކިއެކި މަޢުލޫމާތު އެއްކޮށް ރިޕޯޓު ތައްޔާރު ކުރުން
  • ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު އެއްކޮށް، ޓޫރިސްޓް އެރައިވަލް ރިޕޯޓްއާއި ޓޫރިޒަމް އިންޑިކޭޓަރސް ޓޭބަލްތައް ތައްޔާރުކުރުން
  • ޓޫރިޒަމް ތަފާސް ހިސާބާބެހޭ އަހަރީ ފޮތް، "ޓޫރިޒަމް އިޔަރބުކް"، ތައްޔާރުކުރުމަށް އެކި އިދާރާތަކުން މަޢުލޫމާތު ހޯދާ، ތާވަލުތައް ތައްޔާރުކުރުމާއި ފޮތް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ސަރުކާރުގެ އެކި އިދާރާތަކުންނާއި ޢާއްމު ފަރާތްތަކަށް ބޭނުންވާ ފަތުރުވެރިކަމާއި ގުޅޭ ތަފާސްހިސާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން
  • މިނިސްޓްރީ އޮފް ޓޫރިޒަމްގެ އޮންލައިން ޕޯޓަލް، ޓޫރިޒަމް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމްގެ (ޓިމްސް) ޔޫޒާސް މެނޭޖްކުރުމަށް އެހީތެރިވެދިނުން

ޕްލޭނިން ސެކްޝަން

  • މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރުން.
  • ބިޑިން މަސައްކަތްތައް ކުރުން.
  • ސެކްޝަން އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

 

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

އިންޓަރން ޝިޕަށް އެދެންވީގޮތް:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  [email protected]  އަށެވެ. 

18 ޝައުބާން 1442

31 މާރިޗު 2021
ހޯދާ