ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ޕިކަޕެއް ގަތުމާއި ބެހޭ

މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ގަނެދީ، ރޯޑްވާދިނަސް ހަދައި، ދާންދޫ ކައުންސިލްގެ ނަމުގައި ޕިކަޕް ރަޖިސްޓްރީކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތް ނިންމުމަށްފަހު އަދި ޕިކަޕް ގއ. ދާންދޫ ޖެޓީ އަށް ގެނެސް ބާލައިދީ މި އިދާރާއާ ހަވާލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)410-P/410/2021/9 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން އެނަންބަރު އިއުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 އޭޕްރިލް 2021 ވަނަ ދުވަހު 14:00 އަށް ޕްރޮޕޯސަލް/ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ގައި ހުންނަންޖެހޭ މަޢުލޫމާތު:

1-      ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )

2-      ޕިކަޕްގެ ބްރޭންޑާއި އިންޖީން ބްރޭންޑް އަދި ސްޕެސިފިކޭޝަން.

3-      ޕިކަޕް ވިއްކާ އަގު (ދިވެހި ރުފިޔާއިން)

4-      ޕިކަޕް ރަށަށް ގެންނަ އިރު ރޯޑްވާދިނަސް ހެދުމަށާއި ޕިކަޕް ރަޖިސްޓްރީ ކުރުމަށް ހިނގާ ޚަރަދު (ދިވެހި ރުފިޔާއިން)

5-      ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީ އާއި ކްލެއަރެންސް ފަދަ ޚަރަދުތައް (ދިވެހި ރުފިޔާއިން)

6-      މި އިދާރާގެ ނަމުގައި ޕިކަޕް ރަޖިސްޓްރީކޮށް ނިންމުމަށްފަހު ގއ.ދާންދޫ، ޖެޓީއަށް ގެނެސް ދެވޭނެ އަގު (ދިވެހި ރުފިޔާއިން)

7-      ޕިކަޕްގެ  ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން.

8-      ޕިކަޕް ދާންދޫ ކައުންސިލްގެ އިދާރާއާއި ހަވާލުކުރާނެ މުއްދަތު.

9-      ދެވޭ ޕިކަޕްގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

10-  މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

11-  (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ ބިލްތަކުގެ ނިސްބަތުންނެވެ.

12-  މި މަޢުލޫމާތާއި ޚިލާފަށް އަގު ހުށައަޅުއްވާ ފަރާތްތަކުގެ ހުށަހެޅުއްވުން ބާތިލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

13-  މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.

 

މި އިދާރާއިން ބަލާނެ ކަންތައްތައް:

 •  އިކޮނޮމިކް ޑިވިލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
 •  ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 • ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
 • ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
 • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

 • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދެވޭ މާކްސް.
 • މާކްސްދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ހުށަހެޅުންތަކުގެ މެދުގައި ބަހާލައިގެންނެވެ.
 • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

 

%70

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

 • ޕިކަޕް ރާއްޖެ ގެނެސް ގަނެވިއްކާ، މަރާމާތްކޮށް، ރޯޑްވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރަށް ދެވޭ މާކްސް.
 • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ބޮޑު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
 • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

 

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް.
 • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
 • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އަވަސް މުއްދަތު ހުށަހެޅި ފަރާތަކަށެވެ.

 

10%

މަސައްކަތް ނިންމާ މުއްދަތު

(Submitted Warranty Period / Submitted Benchmark Warranty Period) x Allocated Percentage

 

 • ވޮރަންޓީ މުއްދަތަށް ދެވޭ މާރކްސް.
 • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީދޭ ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
 • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަދުވަސްތަކަކަށް ވޮރަންޓީ މުއްދަތު ހުށަހެޅި ފަރާތަކަށެވެ.

 

10%

ވޮރަންޓީ މުއްދަތު

ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހެޅުމާއި ބަލައިގަތުން:

 • ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
 • ހުށަހަޅުއްވާ ޕްރޮޕޯސަލް/ކޯޓޭޝަން ކެނޑުން އޮންނާނީ 05 އޭޕްރީލް 2021 ވަނަ ދުވަހު 14:00 ގައި ހުށަހަޅުއްވާ ފަރާތުގެ ހާޒިރުގައެވެ.
 • މިކަމަށް ޕްރޮޕޯސަލް/ކޯޓޭޝަން ހުށަހައްޅުއްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވާނަމަ އެބަދަލުގައި އަންނަ މީހާއަކީ ކާކުކަން އަންގައިދޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް މި ހުށަހެޅުމާއެކު ހުށަހަޅުއްވަން ވާނެއެވެ.
 • މިނޫންގޮތަކަށް ހުށަހަޅުއްވާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ.
 • މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

31 މާރިޗު 2021
ހޯދާ