ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ އޮފިސަރ

ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ

        ލ. މުންޑޫ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

1(އެކެއް)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

ސެކިއުރިޓީ އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު-/4465(ހަތަރު ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/ 1500 ރުފިޔާ

އިތުރުގަޑި:

ކަޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:

ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ/ ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:

2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހަށް.

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާއި ތަޖުރިބާ

  1. އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން،
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  3.  ޢުމުރުން 18 އަހަރާއި، 55 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން.  
  4. ދާއިމީ ބޮޑު ބައްޔަކަށް ބޭސްކުރާ މީހަކު ކަމުގައި ނުވުން.
  5. ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެތެރޭ ޝަރުޢީ ކޯޓަކުން އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ޙުކުމެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ކަނޑައެޅިފައިވާ ޓޭބަލްތަކާ އެއްގޮތަށް ބެލެހެއްޓުން.
  2. މީގެ އިތުރުންވެސް ވަޒީފާގެ ހައިސިއްޔަތުން ކައުންސިލްގެ ރައީސް  ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމަށް.
  • ވަޒީފާއާއިގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނަށް.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްތޯއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމަށް.

އިންޓަރވިއު އޮންނާނެ ތަނަކާއި، މުއްދަތު:

ތަނާއި މުއްދަތު ނުވަތަ ތާރީޚް ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 03 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ފޯރމް ހުށައެޅުމުގެ ސުންގަޑި:

06 އޭޕްރިލް 2021 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާއަށް

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯރމް (ކައުންސިލް އިދާރާއިން ލިބެންހުންނާނެ)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. 03 މަސްހަމަނުވާ ޕޮލިސް ރިޕޯރޓް.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު(ސީވީ)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6800714       ލ. މުންޑޫ ކައުންސިލްގެ އިދާރާއަށް

31 މާރިޗު 2021
ހޯދާ