ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލު 2021 އާންމުކުރުން

ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން، ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލު 2021، މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރަން ފަށާނީ 2021 މާރިޗު 29 ވަނަ ދުވަހުން ފެށިގެންނެވެ.

 

އަދި ދަންނަވަމެވެ. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ 2021 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އުޞޫލުގެ ތެރެއިން ކަމަށް ވުމާއެކު، އުޞޫލުގައި ބަޔާންކޮށްފައިވާ، މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ހިނގާނެ ގޮތުގެ ތާވަލުގައި ވާ މަސައްކަތްތަކުގެ ތެރެއިން 29 މާރިޗް 2021 ގެ ކުރިޔަށް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ނިންމުމުގެ މުއްދަތު 30 އެޕްރީލް 2021 ގެ ނިޔަލަށް އިތުރު ކުރެވިފައި ވާ ކަމުގައި ދަންނަވަމެވެ. އަދި، ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ 2021 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމާ ގުޅޭގޮތުން ކޮމިޝަނުން އެ ފަރާތްތަކާ މުޢާމަލާތުކުރަމުން ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

 

ވުމާއެކު، 2021 މާރިޗް 29 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކުގެ އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި، ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިން މި އުޞޫލަށް އަމަލުކުރުމަށް ދެންނެވީމެވެ. އަދި މި އުޞޫލު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

29 މާރިޗު 2021
ހޯދާ