މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކުންނާ، ކެންޑިޑޭޓުން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ދަމާފައިވާ ބެނާ އާއި ދިދަފަތި ތަކާއި ގުޅޭ.

ސިޔާސީ ޕާޓީތަކުންނާ، ކެންޑިޑޭޓުން މާލެ،ވިލިމާލެ، އަދި ހުޅުމާލޭގައި ދަމާފައިވާ ބެނާ އާއި ދިދަފަތި

ތަކާއި ގުޅޭ.

               މިކައުންސިލްގެ ނަންބަރު B6/1/2021/25ވ-425(IUL)  (14 މާރިޗު 2021) އިޢުލާން އާއި ޙަވާލާދީ ދަންނަވަމެވެ.

               ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެކިސަރަހައްދު ތަކުގައި ދަމާފައިވާ ބެނާތަކާއި ދިދަފަތިތައް ދަމާފައިވަނީ ދުއްވާ އެއްޗިއްސަށާއި، އަންމު ރައްޔިތުންނަށް ދަތިވާގޮތަށް ތިރިކޮށްކަން ފާހަގަކުރަމެވެ. އެހެންކަމުން މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަވަޔާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިސަރަހައްދުތަކުގައި މިގޮތަށް ދަމާފައިވާ ބެނާ އަދި ދިދަފަތިތައް ކަނޑައިގެންގޮސް ވެއްޓިފައިވާތީ މިތަކެތި ނިސްބަތްވާ ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުން ވީއެންމެ އަވަހަކަށް މިތަކެތި ނަގައި ސާފުކުރެއްވުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ދަމާފައިހުރި ދިދަފައްޗާއި ބެނާ ފަދަ ތަކެތި އާންމު ރައްޔިތުންނަށާއި ދުއްވާ އެއްޗިއްސަށް ދަތިނުވާނެހެން ރަނގަޅު ކުރެއްވުމަށްވެސް ދަންނަވަމެވެ.    

               ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

29 މާރިޗު 2021
ހޯދާ