މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު މަޤާމަށް މުވައްޒަފަކުހޯދުން

‍ނަމްބަރ: (IUL)297-AD/297/2021/22

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: މިސްކިތު މަސައްކަތު
މަޤާމުގެ ނަންބަރު:J-309013,J-309014

ބޭނުންވާ ޢަދަދު: 2 (ދޭއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
ވަޒީފާއަދާކުރަންޖެހޭތަން: ކޯޕަރޭޓް އެފެއާރޒް / މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާ
މުސާރަ މަހަކު 3100.00 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސަރވިސް އެލަވަންސް މަހަކު 1000.00 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
އެހެނިހެން އެލަވަންސް: 1. ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު -/1200 ރ (ބާރަސަތޭކަ ރުފިޔާ)
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަޑުމަސްއޫލިއްޔަތުތަކާއި ވާޖިބުތައް 1. ކައުންސިލްއިދާރާއިން ނުވަތަ މިސްކިތުގެ އިމާމްހަމަޖައްސާއުޞޫލެއްގެމަތިން މިސްކިތުގެމަސައްކަތްކުރުން
2. ކޮންމެނަމާދުވަގުތެއްގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތާވަޅުދޮށް އަދި އިސްކުރުބަރި ސާފްކުރުން.
3. މިސްކިތްފޮޅާސާފްކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާކަމެއްކުރުން.
4. ފާޚާނާއާއި އިސްކުރުބަރިދޮވެ ސާފްކޮށް ބެލެހެއްޓުން.
5. މިސްކިތުގޯތިތެރެއާއި މިސްކިތާ އިންވެގެންހުންނަމަގުތަކުގެ މިސްކިތާވީފަޅި ހަޑިވިޔަނުދީ ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން.
6. ރަށުކައުންސިލްއިދާރާ ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން ގަސްތައްކޮށާ ގަސްތަކަށްފެންދީހައްދާ ބެލެހެއްޓުން
7. މިސްކިތުގެ ދޮރާދޮރުފަތްތަކާ ބިއްލޫރިލެވިފާހުރި ތަންތަނާ، ހޮޅިބުރި / ބޮކި ފަންކާ، ސީލިންގ، ލިޔުންފިލަޔާ، ކަބަޑުތައް ސާފްކޮށް ބެލެހެއްޓުން.
8. މިސްކިތުގެ ގޯތީގެ ވަށާފާރު ދޮވެސާފްކޮށް ބެލެހެއްޓުން.
9. ކޮންމެދުވަހަކު މިސްކިތަށްގޮސް ހޮޅިބުރި/ ބޮކި،ފަންކާ، ކަބަޑުތައް ފޮހެ ސާފްކުރުން. އަދި ހޮޅިބުރި / ބޮކި ފަންކާ ބޭނުންވާ ވަގުތުގައި ދިއްލާނިއްވުން.
10. މިސްކިތާ، ފާޚާނާ، އަދި އިސްކުރުބަރިޔާ މިސްކިތުގޯތިތެރޭގައި ހުންނަ ލައިޓްތައްއެދުމުން މިސްކިތު އިމާމްއަށް އަންގާ އެތަކެތި ބަދަލުކުރުން.
11. ރަށުކައުންސިލްއިދާރާއިން ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން މިސްކިތު ގޯތިތެރޭގެ ވިނަކޮށުމާއި ވިނަނޮޅުމާއި ސާފްކުރުން.
12. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތު އިމާމް މެދުވެރިކޮށް ރަށުކައުންސިލްއިދާރާއަށް އަންގަމުންދިއުން.
13. މީގެއިތުރުން މިސްކިތާގުޅިގެން ކުރަން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، އިދާރާގެ ވެބްސައިޓުންނާ ކައުންޓަރުން ލިބެން ހުންނާނެއެވެ.
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް
4. ދިވެހިސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާއޮފީހުން ދޫކޮށްފައިވާ ލިއުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަޑުޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ސެޓްފިކެޓްނެތް ހާލަތްތަކުގައި ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސް ކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

1- މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،(އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށް ފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤަމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔަންކޮށްފައި އޮންނަށްވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.

(ރ) އުވާލާފައިވާ ދައުލަތުގެއިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާ އެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށް ފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށް ފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައް - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި ސިފަތައް.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި: މަޤާމަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2021 އޭޕްރީލް 05 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2.00ގެ ކުރިން ނ.ވެލިދޫކައުންސިލްގެ އިދާރާއަށްށެވެ. އަދި ފެކްސް ނަންބަރ 6560030 ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރުންއަލަށްބަންދު ދުވަހެއް ކަޑައަޅައިފިނަމަ އެކަޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމްބަލައި ގަނެވޭނެއެވެ.

ސޯޓްލިސްޓްކުރުން މިވަޒީފާއަށް އެދި ހުށާއަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު ޕްރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނެ ތަނާއި މުއްދަތު މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 2021 އޭޕްރީލް 07 އާއި 2021 އޭޕްރީލް 15 އާ ދެމެދު، ނ.ވެލިދޫކައުންސިލްގެ އިދާރާ ގައެވެ.

ވަޒީއަށް ކުރިމަތިލީ ފަރާތް ތަކަށްޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާއްމު ކުރުން އިންޓަރވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށައަޅަންވާނެއެވެ.
އިތުރުމަޢުލޫމާތު ހޯދުން މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ 6560010،6560056 ފޯނާއެވެ. އީ.މެއިލްކުރާނީ [email protected] އަށެވެ.

15 ޝަޢުބާން 1442
28 މާރިޗް 2021

28 މާރިޗު 2021
ހޯދާ