ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-332817

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ

އަސާސީ މުސާރަ:

މަހަކު -/5,610 (ފަސްހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 (ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

1.ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

3.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އިތުރުގަޑީގެ ފައިސާ

4.ސަޕޯޓިންގ ކޯ އެލަވަންސް: 700.00 (ހަތްސަތޭކަ) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ ސްޓޮކް ބެލެހެއްޓުމާއި، އިދާރާއަށް ހޯދޭ ކޮންމެ ހަރުމުދަލެއްގެ އިންވެންޓްރީ ނަމްބަރު މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ފުރިހަމަކޮށް އެއެއްޗެއްގައި ތަތްކޮށް ދަފުތަރު ބެލެހެއްޓުމާއި، ކައުންސިލް އިދާރާއިން އަނބުރާ ދައްކާ ގޮތަށް އެކި ފަރާތްތަކަށް ދޫކުރާ ތަކެތި ދޫކޮށް ބަލައިގަނެ އެކަމާއި ގުޅޭ ރިކޯޑުތައް ދުވަހުން ދުވަހަށް ފުރިހަމަކުރުން.
  2. ކައުންސިލް ހިނގި ގޮތުގެ 6 މަސް ދުވަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓް ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  3. ރައްޔިތުންގެ ބައްދަލުވުންތަކާއި،ކައުންސިލަށް ލަފާދޭކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް، އެފަދަ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން.
  4. ކައުންސިލްގެ ބިއުރޯގެ އެންމެހާ މަސައްކަތްތައް. (ކައުންސިލްގެ ޖަލްސާތައް އިންތިޒާމްކުރުމާއި، އެޖެންޑާ ތައްޔާރުކުރުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އަދި ޖަލްސާތަކުން ނިންމާ ނިންމުންތައް ލިޔެ ސެކްޝަންތަކަށް ފޮނުވުން.)
  5. ސެކްޝަނަށް އަންނަ ސިޓީ މެސެޖް ނުވަތަ އެހެނިހެންވެސް ލިޔުންތަކަށް ސްޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ސެކްޝަނަށް އަންނަ ފޯނު ކޯލުތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.
  6. އެޗް.އާރު.އެމް.ޑީ ކޮމެޓީގެ މީޓީންތަކުގެ އެޖެންޑާ ތައްޔާރު ކުރުމާއި، ކޮމެޓީއަށް ދެންނެވުމާއި އަދި ކޮމެޓީން ނިންމަވާ ކަންކަން ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުމާއި އެޗްއާރ އެމް ޑީ ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  7. ސެކްޝަނުން ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، އަދި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުމެއް ފަސޭހަކަމާއެކު ހޯދައިދިނުން.
  8. އައި.ޑީ ކާޑުގެ ހަދައިދިނުމުގެ އެންމެހާ މަސައްކަތްތަކާއި، އެއްގަމު އުޅަނދު ލައިސެންސް ދިނުމުގެ އެންމެހައި މަސައްކަތްތަކާއި ޕާސްޕޯޓް ހެދުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، އިދާރާގެ އައި.ޓީ އާއި ގުޅުން ހުރި މަސައްކަތްތައް ކުރުން. ( ޕާސްޕޯޓް ހެދުމުގެ މަސައްކަތްތައް ޓްރެއިންގ ލިބުމަށްފަހު ކުރުން)
  9. މުވައްޒަފުންނަށް ޤާނޫނާއި ޤަވާޢިދަށް އަޙްލުވެރިކުރުމުގެ ޕްރޮގްރާމްތައް ސްޕަވައިޒަރުގެ ލަފާގެމަތިން ރާވާ ހިންގާ އަދި މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި މުވައްޒަފުންގެ އެޕްރައިޒަލް ފޯރމްތަކާ ގުޅޭގޮތުން ހިއުމަން ރިސޯސް ޔުނިޓުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމާއި، ހިއުމަން ރިސޯސް ޔުނިޓްގެ މަސައްކަތްތައްކުރާ މުވައްޒަފަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  10. ހަމަޖެހިފައިވާ އުޞޫލުން ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  12. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް: 

ޕްރޮޖެކްޓު މެނޭޖުމަންޓު

ތަޢުލީމީ ރޮނގުތައް:    

- އެޑްމިނިސްޓްރޭޝަން

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- މެނޭޖުމަންޓު

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިންތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން

- ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިން ސެޓްފިކެޓް

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޚާނު / ޕްރެކްޓިކަލްސް

50

20

70

އިންޓަރވިއު

100

50

ޖުމްލަ

240

100

100

ނޯޓު: - މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

- މި ކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް ތަޢުލީމާއި ތަޖްރިބާގެ ބަޔަށް ޕޮއިންޓް ދޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ތަޖްރިބާ ފިޔަވައި އެއަށް ވުރެ މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަޖްރިބާއަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އެޕްރީލް 06 ވަނަ ދުވަހު ގެ 13:00  ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،  2021 އެޕްރީލް 08 އާއި 2021 އެޕްރީލް 13 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސް ބޯޑުގައާއި ގެޒެޓުގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 ނުވަތަ 6500030 ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

15 ޝަޢުބާން 1442

28 މާރިޗު 2021
ހޯދާ