މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)                                                                                                                                                       

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖިނިއަރިންގގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލްތަކުގެ ތެރެއިން، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.

މަޤާމް

މަޤާމަށް ބޭނުންވާ އަދަދު

އާކިޓެކްޓް

2

ސިވިލް އިންޖިނިއަރ

4

ކުއަންޓިޓީ ސާވެއަރ

1

 

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށައެޅުން:

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޭޕްރީލް 2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:

ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް[email protected]

25 މާރިޗު 2021
ހޯދާ