މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރްޞަތު

މިރަށު މިސްކިތްތަކުގެ އިމާމުން،މުދިމުން އަދި މަސައްކަތުމީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާޗުއްޓީ އަދި ސަލާމް ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، ވޭޖުޕޫލްގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 އޭޕްރީލް 2021 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ރަޖިސްޓަރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

ވޭޖް / ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

#

މަޤާމް

ރޭންކު

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދުއޮންނަމީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމް ސަނަދުނެއްމީހަކަށް  (ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު            (ނަމާދު ވަގުތަކަށް)

SS1

45.00 ރުފިޔާ

         އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ 6540056 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

                     މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މާރިޗު 2021
ހޯދާ