ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަޙަރީ އާންމު ޖަލްސާ ވަކި ތާރީޙެއް ނެތި ފަސްކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2021 ވަނަ އަޙަރީ އާންމު ޖަލްސާ 27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް ދިވެހިރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު އިތުރަށް ގޯސްވެ، ކަންތައްތައް ހަމަޔަކަށްނޭޅޭތީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށްދިއުމަށްޓަކައި މިބޯޑުގެ އަހަރީ އާންމު ޖަލްސާ ވަނީ ވަކި ތާރީޙެއް ނެތް ގޮތަށް ފަސްކުރެވިފައެވެ.

ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވެފައިވާ އެންމެހާ ސްކޫލް އަދި ކްލަބްތަކުގެ މަޢުލޫމާތަށްޓަކައި މިކަން އަންގާ އިއުލާންކުރަމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

25 މާރިޗު 2021
ހޯދާ