ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ބޭނުން ވެއެވެ. ވީމާ، މި ތަކެތި 4 އެޕްރީލް 2021 ދުވަހުގެ 11:00ގެ ކުރިން ނަންގަވައި ބިންސާފުކުރުމަށް ދަންނަވަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައި ބިންސާފުކޮށްފައިނުވާނަމަ ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެވާހަކަވެސް ދެންނެވީމެވެ.

މިތަކެތި ކައުންސިލުން ނަގާނަމަ، އެއްވެސް އެއްޗެއް ދޫކުރެވޭނީ ތަކެތި ނެގުމަށް ކައުންސިލުން ކުރި ޚަރަދު ދެއްކުމުންނެވެ. ތަކެތި ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރެވޭނީ އެތަކެތީގެ ވެރިފަރާތްކަން ލިޔުމަކުން އެއްބަސްވުމަށްފަހުގައެވެ.

 ނޯޓް: ކުރެހުން އެއްކަރުދާސްކުރެވިފައިވާ އިޢުލާންގައި ހިމެނިފައިވާނެއެވެ.

 

 

 

 

 

 

 

 

 

 

24 މާރިޗު 2021
ހޯދާ