މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލެއްވި ފަރާތްތަކަށް ދެވޭ ޓެސްޓާއި ބެހޭ.

މި އޮފީހުގެ ނަންބަރު (IUL)14-E1/1/2020/44 : (27 ޑިސެންބަރު 2020) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.

 

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިމްތިހާން 2021 އެޕްރިލް 03 އަދި 04 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

އިމްތިހާނަށް ހާޒިރުވާންޖެހޭ މީހުންނާއި ޓެސްޓް އޮންނާނެ ރަށް ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. ހާޒިރުވާންޖެހޭ ރަށް ބަދަލުކުރަން ބޭނުންނަމަ، ނުވަތަ އިމްތިހާނުގައި ބައިވެރިވެވެން ނެތްތަނަމަ ސަބަބާއެކު [email protected] އަށް 29 މާރޗް 2021 ގެ 14:00 ގެ ކުރިން މެއިލްކުރެއްވުމަށް އެދެމެވެ. އިމްތިހާން އޮންނާނެ މަރުކަޒާ އަދި ގަޑި ފަހުން އަންގާނެ ކަމުގައި ދަންނަވަމެވެ.

 

މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއޮފީހުގެ ނަންބަރު 3334250,3334150,3334192 ފޯނާ ގުޅުއްވުން އެދެމެވެ.  

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

24 މާރިޗު 2021
ހޯދާ