މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Thai International Postgraduate Program 2021 (Re-announced)

Thai International Postgraduate Program 2021 (Re- announced)

މިއީ މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2021/74 އިޢުލާނަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

ތައިލެންޑް

ޤައުމު:

މާސްޓަރސް ޑިގްރީ

ކޯހުގެ ފެންވަރު:

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮސައިންސް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން ފާމަސީ ޕްރޮގްރާމް އިން ފާމަސޫޓިކްސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް/މާސްޓަރ އޮފް އިންޖިނިއަރިން ޕްރޮގްރާމް އިން އެންވަޔަރމަންޓަލް ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓް (2އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ސްމާޓް ގްރިޑް ޓެކްނޮލޮޖީ  (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ  (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ފުޑް އިނޮވޭޝަން، ސޭފްޓީ އެންޑް ކޮލިޓީ މެނޭޖްމަންޓް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރަލް ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިސައިންސް އެންޑް ޓެކްނޮލޮޖީ (ޕޯސްޓްހާވެސްޓް) (2 އަހަރު)

މާސްޓަރ އޮފް ޕަބްލިކް ހެލްތް (ގްލޯބަލް ހެލްތް) (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ޕަބްލިކް ހެލްތް (2 އަހަރު)

މާސްޓަރ އޮފް ނާރސިންގ ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން ފާމަސީ ޕްރޮގްރާމް އިން ކްލިނިކަލް ފާމަސީ (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ރެގިއުލޭޓޮރީ ސައިންސް ފޮރ ފާމަސޫޓިކަލް އެންޑް ހެލްތް ޕްރޮޑަކްޓްސް (2 އަހަރު)

މާސްޓަރ އޮފް ޕްރައިމަރީ ހެލްތް ކެއަރ މެނޭޖްމަންޓް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮމެޑިކަލް ސައިންސަސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން އޮކިޔުޕޭޝަނަލް އެންޑް އެންވަޔަރމަންޓަލް ހެލްތް (18 މަސް)

މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތް ސައިންސަސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެޕިޑެމިއޮލޮޖީ (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އިނޮވޭޓިވް އެންޑް ޓްރޮޕިކަލް ހެލްތް (2 އަހަރު)

މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން އޭޝިއާ ޕެސިފިކް ސްޓަޑީޒް (18 މަސް)

މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ސްޓަޑީސް (2 އަހަރު)

މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (2 އަހަރު)

މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން ސޯޝަލް ސައިންސް (2 އަހަރު)  

ކޯހުގެ ދާއިރާ އަދި މުއްދަތު

1. ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީ/ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވުން. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެލެވެލްއަކަށް ކަނޑައަޅާފައިވާ އެމްއެންކިޔުއެފް ކްރައިޓީރިއާ ހަމަވުން  

2. 31 މާރޗް 2021 ގެ ނިޔަލަށް އުމުރުން 50 އަހަރުވެފައިނުވުން.

3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. (IELTS / TOEFLސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން  IELTS/ TOEFLމުއްދަތު ހަމަވެފައިވާ ސެޓްފިކެޓް ނުވަތަ ހާސިލްކޮށްފައިވާ އެހެން އިނގިރޭސި ފާހެއް ވާނަމަ އެފާސް ހުށަހެޅުން އެންމެ ރަނގަޅުކަމުގައި ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލްއެއް ނުވަތަ ކުރިމަތިލާ ކޯހަށް  IELTS/ TOEFLސެޓްފިކެޓް މިވަގުތަށް ބޭނުންނުވާކަމަށް ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލް އާއިއެކު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.)

4. އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5. ޓައިކާގެ އެޕްލިކޭޝަން ފޯމާއި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ ގައިޑްލައިނާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް. (އަޕްލޯޑު ކުރެވޭ ލިޔުންތައް ހުންނަންވާނީ އެޓެސްޓް ކުރެވިފައި)

6. އިނގިރޭސި ރިކުއަމަންޓާއި ގުޅޭގޮތުން ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލް

7. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން

8. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން

10. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި

 

- މިމިނިސްޓްރީ ކޮންމެ ކޯހަކަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ 5 ކެންޑިޑޭޓުންނެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިންނެވެ.

- މިކޯސްތައް ހިންގާ ޔުނިވަރސިޓީތަކާއި އެޔުނިވަރސިޓީގެ އެޕްލިކޭޝަން ކޮލިފިކޭޝަން ހިމެނޭ މަޢުލޫމާތު ޝީޓް  އަދި ގައިޑްލައިން މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައި ވާނެއެވެ.

- މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އެލަވަންސް، ލިވިންގ އެލަވަންސް،  ސެޓެލްމަންޓް އެލަވަންސް، ބުކް އެލަވަންސް، ތީސިސް އެލަވަންސް، ޓިއުޝަން ފީ އަދި އިންޝުއަރެންސް) މި ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

- މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން ހުށަހަޅާފައިވާ ޓައިކާގެ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތަކުގެ އެޓެސްޓަޑް 1 އަސްލު އަދި 2 ކޮޕީ ސެޓު މިމިނިސްޓްރީން އެންގުމުން 30 މާރޗް 2021 އަށް މިމިނިސްޓްރީއަށް ފޮނުއްވެވޭ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. ޓައިކާގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ގައިޑްލައިން އަދި ކޯހާއި ގުޅޭ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-  ކޯހަށް އެދި ހުށަހަޅުއްވާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވެސް ވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ހުންނާނެއެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 29 މާރޗް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

24 މާރިޗު 2021
ހޯދާ