ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ސ. ފޭދޫ ސްކޫލްގެ ރަންޔޫބީލް ޙަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމާއި ގުޅޭ

މިސްކޫލަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ރަން ޔޫބިލް އަހަރުގެ ގޮތުގައި ޖުލައި 2021 އިން ޖުލައި 2022 ގެ ނިޔަލަށް ހިންގާ ޙަރަކާތް ތަކުގައި ބޭނުން ކުރުމަށް ލޯގޯ އެއް ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލަމެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް

  • މި ލޯގޯ އިން ފޭދޫސްކޫލްގެގެ ޚިދުމަތަށް 50 އަހަރު ފުރިފައި ވާކަން ރަމްޒުކޮށް ދިނުން
  • އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯ އަކަށް ނުވުން (ކޮޕީއަކަށް ނުވުން)
  • އެއްވެސް ސިޔާސީ ޕާރޓީއެއް ރަމްޒު ކޮށްދޭ ލޯގޯ އަކަށް ނުވުން
  • ސްކޫލް ކުލަ (ސިގްނަލް ރެޑް) އާއި ހުދުކުލަ ބޭނުންކޮށްގެން ފަރުމާ ކުރެވިފައިވާ ލޯގޯއަކަށް ވުން
  • 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްޞީލް ހުށަހެޅުން
  • މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާކުރެވިފައި ވުން
  • ހުށަހަޅާ ލޯގޯގެ ކުލަލޯގޯއާއި އަދި ކަޅާއިހުދުގެ ލޯގޯގެ ހާޑް އަދި ސޮފްޓް ހުށައެޅުން
  • މިގޮތުން ހުށައަޅާ ލޯގޯ ތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯއަކަށް -/5000 (ފަސްހާސް ރުފިޔާ) ފައިސާގެ އިނާމެއް ދެވޭނެ އެވެ.

މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ އާއި އިގުރާރު އަދި އެހެނިހެން ލިޔެކިޔުން ފޮނުއްވާނީ 2021 އޭޕްރިލް 29 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ފޭދޫ ސްކޫލްގެ [email protected]  އީމެއިލް އަށެވެ. އީމެއިލްގެ ބަދަލުގައި، ހުރިހާ ސޮފްޓްކޮޕީތައް އެއް ސީޑީއަކަށް ނުވަތަ ޕެންޑްރައިވަކަށް ރައިޓްކޮށް ހުށަހަޅާ ސީޑީ / ޕެންޑްރައިވް ވެސް ސޮފްޓްކޮޕީގެ ގޮތުގައި ބަލައިގަނެވޭނެއެވެ. އަދި ހާޑްކޮޕީ ހުށަހަޅަން ފާހަގަކޮށްފައި ހުރި ތަކެތި ހުށަހަޅާނީ 2021 އޭޕްރިލް 29 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ފޭދޫސްކޫލް އޮފީހަށެވެ.

ލޯގޯ ފަރުމާކުރުމާއި ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ޝީޓެއް މިއިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6892546 ނަންބަރު ފޯނާއެވެ.

24 މާރިޗު 2021
ހޯދާ