ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ ދަނޑުވެރިކަންކުރާ ސަރަޙައްދުގެ އުތުރުން (ހޮރައިޒަންމަގު) ކޯރު ކޮނުމުގެ ތެރޭގައި ނެގުނު ރުއްގަހާއިބެހޭ؛

ގދ.ހޯނޑެއްދޫ ދަނޑުވެރިކަން ކުރާ ސަރަޙައްދުން ފެން ބޭރުކުރުމަށްޓަކައި، ދަނޑުވެރިކަން ކުރާ ސަރަޙައްދުގެ އުތުރުން (ހޮރައިޒަން މަގުގެ އިރުން ހުޅަގަށް) އެކްސްކަވޭޓަރ ބޭނުންކޮށްގެން ކޯރު ކޮނުމުގެ ތެރޭގައި ނެގުނު ރުއްތަކަށް ބަދަލު ދިނުމަށްޓަކައި އެރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަޙައްދުން ނެގުނު ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުއްތައް އެނގޭނެހެން އެރުއްތަކުގެ ޢަދަދު ބަޔާންކޮށް 2021 މާރިޗް 31 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

23 މާރިޗު 2021
ހޯދާ