އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް       

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުސަތު


ތާރީޚް: 22 މާރިޗު 2021

ނަންބަރު:(IUL)486/1/2021/1000

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަގާމްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު-/18,500ރ (އަށާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/10,000ރ (ދިހަހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ހިންގުމުގައި އެންމެ އިސްރޯލު އަދާ ކުރުން

2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނާ ގުޅުންހުރި އެންމެހާ ކަންކަމުގައި އިސް ރޯލެއް އަދާ ކުރުން

3- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައާއި، ސިޔާސަތުތައް ތަންފީޛު ކުރުމުގައި އިސް ރޯލެއް އަދާ ކުރުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހަދަން ޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހެދުމާއި އިޞްލާޙުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް އިޞްލާޙުކުރަމުން ގެންދިޔުން.

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތައް ހިނގާނުުހިނގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުން.

6- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލާޒިމު ކުރާ އިންތިޤާލީ އިންސާފުގެެ ޤާނޫނު ތަންފީޛު ކުރުމަށް 2 އަހަރުގެ ސްޓްރެޓެޖިކް ޕްލޭންއެއް އެކުލަވާލާ  މަސައްކަތް ކުރިއަށްދާ ގޮތް ބަލާ މޮނިޓަރ ކުރުން، އަދި  އޮފީހުގެ މަސައްކަތް ހިންގުމަށް ގެންނަން ޖެހޭ އިސްލާޙްތައް ގެނައުން

7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޛު ކުރުމަށް ހޯދަންޖޭހެ ބަޖެޓް ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުން

8- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ އިދާރީ ހިިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

9- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ޕްލޭން، ހިއުމަން ރިސޯސް ޕްލޭން އަދި ފައިނޭޝަލް ޕްލޭން އެކުލަވާލާއި ތަންފީޛުުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

10- މުވައްޒަފުންގެ ޤަވާއިދުތަކާއި އުޞޫލުތައް މުވައްޒަފުންނަށް ޢާންމުކުރަމުން ދިއުމާއި އެ ޤަވާއިދުތަކާއި އުޞޫލުތަކަށް ގެންނަ އިސްލާޙުތައް ގެންނަމުން ގެންދިއުން.

11- ޑިޕާޓްމަންޓުން ތައްޔާރު ކުރަންޖެހޭ ފަައިނޭޝަލް، އެޑްމިނިސްޓރޭޓިވް އަދި މުވައްޒަފުންނާބެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ލަފާޔާ އިރުޝާދު ދިނުން

12- މާލިއަތު ގަވާއިދާ އެއްގޮތަށް އޮމްބަޑްސްޕަސަންގެ އޮފީހުގެ ފައިސާއާއި  ބަޖެޓް ބަލަހަައްޓާ ހިންގުމާއި އަދި ފައިސާއާ ބެހޭ ރެކޯޑްތައް މާލިޔަތު ޤާނުނާއި ގަވާއިދާ އެއްގޮތަށް ބަލަހައްޓާތޯ ކަށަވަރު ކުރުން އަދި އަހަރީ ރިޕޯޓުގެ އެންމެހާ ކަންކަން ވިލަރެސް ކުރުން

13- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޚަރަދުތައް ހިނގާ ނުހިންގާގޮތް ބެލުމާއި، ޙަރަދު ބޮޑުވަމުންދާނަމަ އެކަންތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ލަފާ އެރުވުން

14- ޑިޕާޓްމަންޓްތަކުގެ ފްލޯ ޗާރޓް ހެދުމާއި ޑިޕާރޓްމަންޓްގެ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް އެކުލަވާލުމަށް ލަފާދީ ވިލަރެސް ކުރުން

15- އޮފީހުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ އެންމެހާ މަސައްކަތް ކުރުމަށް ލަފާ އަރުވާ ސުޕަވައިޒް ކުރުން

16- އޮފީހުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ އެންމެހާ ކަންކަމުގައި ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިންގ، ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި 8 އަހަރު ތަޖުރިބާ ލިބިފައިވުން

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ

ު 16,000/- ރ (ސޯޅަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

8,500/-ރ (އަށްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސަޕޯޓް ސަރވިސް ޑިޕާޓްމަންޓްގެ ދަށުގައިވާ ސެކްޝަންތަކާއި ޔުނިޓްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް، ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާޢިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން.

2- އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައާއި، ސިޔާސަތުތައް ތަންފީޛުުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުން.

3- ސަޕޯޓް ސަރވިސް ޑިޕާޓްމަންޓްގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާނުުހިނގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުން.

4- ސަޕޯޓް ސަރވިސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތް ރޭވުމާއި ބައްދަލުވުންތައް ބޭއްވުން

5- އޮފީހުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށްޓަކައި ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ޑިޕާޓްމަންޓްގެ ދަށުގައިވާ ޔުނިޓްތަކަށް ފޯރުކޮށްދިނުން.

6- އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ހޯދަންޖެހޭ ބަޖެޓް ހޯދުމުގެ މަސައްކަތްކުރުމާއި އޮފީހުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުން.

7- ޑިޕާޓްމަންޓްތަކުގެެ ވާރކްޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ވޯރކް ޕްލޭންގައި ހިމެނޭ ކަންތައްތައް ރާވާ ހިންގުން.

8- މަވައްޒަފުންގެ މުސާރަ ދިނުމުގެ އެންމެހާ ކަންކަންް ބެލެހެއްޓުމާއި އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އޮފީހުގެ ޚަރަދުތައް ހިނގާނުހިނގާ ގޮތް ބެލުމާއި އަދި އެކަންތައްތަކާއި ބެހޭ ގޮތުން ތައްޔާރު ކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުމުގައި ލަފާޔާއި އިރުޝާދު ދިނުން

9- ސަޕޯޓް ސަރވިސް ޑިޕާޓްމަންޓްއަށް އަންނަ ސިޓީތަކަށް މުވައްޒަފުން މެދުވެރިކޮށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުވުމާއި ސިޓީތަކަށް ޖަވާބު ދިނުމަށް ޔުނިޓްތަކަށް އިރުޝާދު ދިނުން.

10-  ހިއުމަން ރިސޯސް ޑޮވެލޮޕްމަންޓް އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންމެހައި މަސައްކަތް ރާވާ ހިންގުން

11- އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓް ތަކުން ހޯދައި، ކަނޑައަޅާ ތާރީޚަކަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖޭހޭ ފަރާތްތަކަށް ހުށަހެޅުުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 

12- މުވައްޒަފުންގެ ޕާރފޯމެންސް އެޕްރައިޒަލްއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.

13- މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ އާއިބެހޭ ކަންތައްތައް ބެލެހެއްޓުން.

14- އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އޮފީހާއިގުޅޭ މަޢުލޫމާތު ދިނުން.

15- ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކުގައި ބައިވެރިވުން.

16- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުންް.

17- މާލިއްއަތު ގަވާއިދާ އެއްގޮތަށް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފައިސާއާއި  ބަޖެޓް ބަލަހަައްޓަ ހިންގުމާއި އަދި ފައިސާއާ ބެހޭ ރެކޯޑްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާތޯ ކަށަވަރު ކުރުން 

18- އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޚަރަދުތައް ހިނގާނުހިންގާގޮތް ބެލުމާއި، ޙަރަދު ބޮޑުވަމުންދާނަމަ އެކަންތަކާ ގުޅިގެން އަޅަންޖޭހޭ ފިޔަވަޅުތައް ޑިރެކްޓަރ ޖެނެރަލްގެ ލާފާ މަތިން އެޅުން

19- ޕްރޮކިއުމެންޓާއި ބިޑް ކޮމިޓީގެ އެންމެހާ މަސައްކަތް ހިންގައި ސުޕަވައިޒް ކުރުން

20- އޮފީހުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

21- އޮފީހުން ފައިސާ ދައްކަން ޖެހޭ ބިލްތަަކަށް  ގަވާއިދުން ފައިސާ ދައްކާތޯ ބެލުން

22- އޮފީހުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ އެންމެހާ މަސައްކަތް ކުރުން

23-  ޑިޕާރޓްމަންޓްތަކުގެ ފްލޯ ޗާރޓް ހެދުމާއި ޑިޕާރޓްމަންޓްގެ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް އެކުލަވާލުން

24- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުތުތައް:

ވަޒީފާއާއި ގުޅޭ ދާއިރާއަކުން މާސްޓަރސް އެއް ހާސިލްކޮށް ފައިވުން

އަދި 7 އަހަރުގެ މަސައްކަތު ތަޖުރިބާ ހުރުން

މަޤާމު:

ެ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ:

-/16,000ރ (ސޯޅަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

8,500ރ (އަށްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޑިޕާރޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި އޮމްބަޑްސްޕަރސަންގެ ނިންމުންތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަޤާމުގެ މަސްއޫލިއްޔަތުގެ އެންމެހާ މަސައްކަތްތައް ކުރުން

2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން  އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހޭ މައްސަލަތަކުގައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމާއި ޝަރީއަތަށް ހާޟިރުވާންޖެހިއްޖެ ހާލަތެއްގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ތަމްސީލް ކުރުން.

3- އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހޭ މައްސަލަތަކުގައާއި ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކާގުޅޭ އެންމެހާ ކަންތައްތައް ކުރުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޤާނޫނު ރިވިއު ކުރުމާއި، އިންތިޤާލީ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޤަވައިދުތަކާއި، އުޞޫލުތަކާއި އެސްއޯޕީތައް އެކުލަވާލުމާއި ރިވިއު ކުރުމުގެ މަސައްކަތް ކުރުން

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމްއޯޔޫ އެކުލަވާލުމުގެ މަސައްކަތް ކުރުން

6- އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާގޮތުގެ މަތިން ޑިޕާރޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގެ ޓައިމްލައިން ކަނޑައަޅާ އެޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން

7- ޑިޕާރޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ރިވިއުކޮށް، މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން

8- ޑިޕާރޓްމަންޓް އިން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން

9- ކުރިޔަށް އޮންނަ އަހަރަށް ޑިޕާރޓްމަންޓްގެ އެނުއަލް ވަރކްޕްލޭން އެކުލަވާލުން

10- ޑިޕާރޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާރޓްމަންޓް މީޓިންގ ހަފްތާއަކު އެއް ފަހަރު ބޭއްވުން

11- މުވައްޒަފުންގެ ޕާރފޯމެންސް އެޕްރައިޒަލްއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.

12- ޑިޕާޓްމަންޓްދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާނުުހިނގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުން.

13- ޑިޕާރޓްމަންޓްގެ ޔުނިޓްތަކުގެ ވާރކް ޕަލޭން ޑިރެކްޓަރ ޖެނެރަލްގެ ލަފާޔާ އެކުން އެކުލަވާލުން އަދި ތަންފީޛުވާވަރު ބަލާ މޮނިޓަރ ކޮށް މުއައްޒަފުންނަށް މަސައްކަތް ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން

14- ޑިޕާރޓްމަންޓްގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތުގެ ލަފާދިނުމާއި ޔުނިޓްތަކުގެ ބައްދަލުވުންތައް ބޭއްވުން

15- ޑިޕާރޓްމަންޓްގެ ވާރކްޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ވޯރކް ޕްލޭންގައި ހިމެނޭ ކަންތައްތައް ރާވާ ހިންގުން.

16- ޑިޕާޓްމަންޓަށް އަންނަ ސިޓީތަކަށް މުވައްޒަފުން މެދުވެރިކޮށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުވުމާއި ސިޓީތަކަށް ޖަވާބު ދިނުމަށް ޔުނިޓްތަކަށް އިރުޝާދު ދިނުން.

17- ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކުގައި ބައިވެރިވުން.

18- އަދި މިނޫންވެސް 4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ލީގަލް ދާއިރާއަކުން މާސްޓަރސް އެއް ހާސިލްކޮށް ފައިވުން

އަދި 7 އަހަރުގެ މަސައްކަތު ތަޖުރިބާ ހުރުން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު-/10,700ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/5,500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ރިޕޯޓްގެ މަސައްކަތްތައް ރާވާ ހިންގުން

2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ހަދަންޖޭހޭ އިދާރީ އުސޫލުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ މަަސައްކަތްތައް ކުރުން

3- އެއްގަމާއި، ކަނޑާއި، ވައިގެމަގުން  އަތޮޅުތެރެއަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަންޖެހޭ އަދި ރާއްޖޭއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ރާވާ ހަމަޖެއްސުމާއި އިދާރީ އިންތިޒާމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެއިންޓަނަންސްގެ އެންމެހާ މަސައްކަތްތައް ކުރުން

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އަންނަ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމެް ޤާއިމުކޮށް ބެލެހެއްޓުން

6- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ މަސައްކަތްތަކަށް އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ތަކާއި ގުޅޭ މަސައްކަތް ކުރުން

7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން 

8- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އިސް ރޯލެއް އަދާ ކުރުން

9- ބަޖެޓާއި ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަަސައްކަތްތައް ކުރުން

10- ރިސެޕްޝަނަށް އަންނަ ކޯލްތަކާއި ލިޔެކިޔުންތައް ބަލަހަށްޓައި ކަމާބެހޭ ޑިޕާރޓްމަންތަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

11- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާރނަލް އޯޑިޓް ހެދުމަށް އެހީތެރިކަން ފޯރުކޮށް ދިނުން

12- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ފައިނޭންސް ނުވަތަ އެކައުންޓިންގ، ދާއިރާއިން ބެޗްލާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން .

މިދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަގާމުގެ ކޯ ޑިސިޕުލިންގް: ފައިނޭންސް ، އެކައުންޓިންގ ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް

މަޤާމު:

ިހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ުަ-/10,700ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/5,500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަވައްޒަފުންގެ ޗުުއްޓީއާއި  ސަލާމުުގެ ކަންތައްތައް ބެލެހެއްޓުން

2-އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން

3- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަވައްޒަފުންގެ ރެކޯޑުފައިލްތައް އަފްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަވައްޒަފުން ހޯދުމަށް އެންމެހާ މަސައްކަތް ކުރުން

5- އޮފީހަށް އަލަށް މުވައްޒަފުން ވެއްދުމަށް ޗިޓް ތައްޔާރުކޮށް، އިންޑަކްޝަން ކުރިއަށް ގެންދިއުމާއި ހާޟިރީ ރިޕޯޓު އަދި މުސާރަ ހެދުމަށް ބޭނުންވާ ރިޕޯޓުތައް ތަައްޔާރު ކުރުން

6- މުވައްޒަފުންނާ ގުޅުންހުރި އެކި އެކި ޕޮލިސީތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތައްޔާރު ކުރުން

7- އަހަރީ ރިޕޯޓު ތައްޔާރު ކުރުމަށް ހިއުމަން ރިސޯސްއާ ގުޅުންހުރި މަޢުލޫމާތުތައް ތައްޔާރު ކުރުން

8- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމަށް އޮމްބަޑްސްޕަރސަން އޮފީހުން ނިންމާ ނިންމުން ތަންފީޛު ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

9- މިނިސްޓްރީ އޮފް ފިނޭންސް އިން ޤާއިމްކޮށްފައިވާ ސެޕް ސިސްޓަމްގައި މަވައްޒަފުންގެ ސްޓޭޓަސް އަޕްޑޭޓް ކުރުން

10- އެނުއަލް ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޓްކޮށް، ޑިރެކްޓަރގެ ލަފާގެ މަތިން އޮމްބަޑްސްޕަރސަނުންނަށް ހުށަހެޅުން

11- މުވައްޒަފުންނަށް ސަލާމާއި ޗުއްޓީ  ދެވެނީ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށްތޯ ބެލުމާއި، ސަލާމް ބުނުމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމް ގާއިމުކޮށް މި ނިޒާމު ބެލެހެއްޓުން

12- މުވައްޒަފުންނަށް ދޭންޖެހޭ ނަސޭހަތާއި އިންޒާރުގެ ރެކޯޑްތައް ޑިރެކްޓަރގެ ލަފާގެ މަތިން ތައްޔާރުކޮށް މި ރެކޯޑްތައް ބެލެހެއްޓުން

13- މުވައްޒަފުންގެ ހާޟިރީ ރިޕޯޓްތައް އަދި މުސާރަ ޝީޓް ޗެކް ކުރުން

14- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ހިއުމަން ރިސޯސްއާ ބެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން

15- މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމެއް ޤާއިމުކޮށް މިނިޒާމަށް މަވައްޒަފުން އަހުލުވެރިކޮށް، މި ނިޒާމުގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

16- މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެފަދަ ތަމްރީންތައް ރާވާ ހިންގުން

17- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

މަސައްކަތާގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 2 އަހަރު ގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު10,700/-ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

5,500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

2- އޮފީހުގެ ސްޓޮކް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން.

3- އޮފީހުގެ ޑިއުޓީތަކާގުޅޭ އެންމެހާ މަސައްކަތް ކުރުން.

4- އިދާރީގޮތުން ހޯދަންޖެހޭ އެންމެހާ ތަފާސްހިސާބުތައް ނަގާ ބެލެހެއްޓުން.

5- އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ބެއްލެވުމުގެ ދަށުން އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ  ބެލެހެއްޓުން.

6- އޮފީހަށް ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

7- އޮފީހުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.

8- އޮފީހަށް ބޭނުންވާ އެންމެހާ ހަރުމުދާ ހޯދުން

9- ބީލަމަށް ލައިގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް، ކަނޑައެޅިފައިވާ އުސޫލުން  ހޯދުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން

10- އޮފީސް އިމާރާތް އަދި ފަރުނީޗަރ މަރާމާތުން ކުރުން

11- އެކި އެކި  މަސައްކަތް ކުރުމަށާއި ހަވާލު ކުރުމަށް ހެދޭ އެއްބަސްވުންތައް ލީގަލް އޮފިސަރުންގެ ލަފާގެ މަތިން ހަދައި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން

12- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ހަވާލު  ކުރެވިފައިވާ މަސަައްކަތާއި ގުޅިގެންކުރަން ޖެހޭ އެހެނިހެން ކަންކަން ކުރުން

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާ ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

އައިޓީ  އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

-/15,000ރ (ފަނަރަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/6,000ރ (ހަހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ކޮމްޕިއުޓަރތައް ސެޓްއަޕްހަދާ ސާރވިސް ކުރުން
  2. އޮފީހަށް ބޭނުންވާ އެންމެހާ ޓެކްނިކަލް އަދި އައިޓީ ސަޕޯޓް ދިނުން
  3. އައިޓީ އާއި ގުޅުންހުރި ތަކެތި އޮފީހަށް ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން
  4. އޮފީހުގެ ކޮމްޕިއުޓަރތަކާއި ނެޓްވާރކްއަށް ދިމާވާ މައްސަލަތައް އަދި މިނޫންވެސް އައިސީޓީ މައްސަލަތައް ހައްލު ކުުރުން
  5. އޮފީހުގެ ކޮމްޕިއުޓަރތަކަށް ބޭނުންވާ ސޮފްޓްވެއަރ އެޅުމާއި ވައިރސް ފްރީކުރުން
  6. އޮފީހަށް ބޭނުންވާ ސްޕްޓްވެއަރ ޑިވެލޮޕް ކުރަންޖެހިއްޖެ ނަމަ، އެ މަސައްކަތް ކުރުން
  7. އޮފީހަށް ބޭނުންވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ ކްލިޕް އަދި އެހެނިހެން ރިސޯސް ތައްޔާރު ކުރުމުގައި ބޭނުންވާ ޓެކްނިކަލް އެހީފޯރުކޮށްދިނުން
  8. އޮފީހަށް ބޭނުންވާ ޑޭޓާ ބޭސްތައް ޑިވެލޮޕް ކުރުން
  9. ބައްދަލުވުންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން
  10. ސޯޝަލް މީޑިއާ ޕްލެޓްފޯމު ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން އަދި ވެބްސައިޓް އަޕްޑޭޓްްކޮށް ބެލެހެއްޓުން
  11. އަދި މިނޫންވެސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާ ގުޅޭޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 3 އަހަރު ގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

އޮފީސްް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު-/6,500ރ (ހަަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/3,500ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާ ފާހަނާ ސާފުކޮށް ބެލެއްހެއްޓުން

2- އޮފީހުގެ ރިސެޕްޝަންގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި ރިސެޕްޝަންގެ މަސައްކަތް ކުރުން

3- އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ފޮނުވަން ޖެހޭ ސިޓީއާ އެހެނިހެން ތަކެތި ބެހުން

4- އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބައެއް މައްސަލަތަކާއި ގުޅިގެން ހާޟިރުކުރަންޖެހޭ މީހުން ހާޟިރުކުރުމަށް އެފަރާތްތަކަށް ޗިޓް ހަވާލުކުރުން

5- އޮމްބަޑްސްޕަރސަންގެ އޮފީހުގެ މީޓިންގްތަކަށް ތަން ތައްޔާރުކޮށް ދިނުން

6- އޮމްބަޑްސްޕަރސަންގެ އޮފީހަށް ހޯދަންޖެހޭ ތަކެތީގެ އަގުބެލުމާއި އެތަކެތި އެތަންތަނުން ނަގައި  އޮފީހަށް ގެނެސް ދިނުން

7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ހިންގާ މުހިއްމު  އިވެންޓްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން

8- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު  3  އަހަރުގެ ތަޖުރިބާ ހުރުން

މަޤާމު:

ސީނިއަރ އިންވެސްޓިގޭޝަން  އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާޓްމަންޓް އޮފް ޓެކްނިކަލް ސަޕޯޓް

މުސާރަ:

ު-/16,000ރ (ސޯޅަަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/7,500ރ (ހަތްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހެޅޭ އެންްމެހާ މައްސަލަތައް ބެލުމަށް އިރުޝާދާއި ލަފާދީ ތަޙުޤީޤު ހިންގުމުގައި އިސްރޯލެއް އަދާ ކުރުން
  2. އިންވެސްޓިގޭޝަން އެންޑް ލީގަލް ޔުނިޓްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތައް ބަލާ ވިލަރެސް ކުރުން
  3. ޑިޕާރޓްމަންޑްގެ ޑިރެކްޓަރ ނެތް ހިނދެއްގައި ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވުން
  4. ޑިޕާޓްމަންޓްގެ މަސަައްކަތް ހަރުދަނާ އުސޫލަކުން ކުރިއަަށް ގެންދިއުމަށް ބޭނުންވާ ސްޓޭންޑަޑް އޮޕަރޭޝަނަލް ޕްރޮސީޖަރސްތައް ޑިރެކްޓަރގެ ލަފާޔާއެކު އެކުލަވާލުން
  5.  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން
  6. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ދެނެގަނެ ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އިސްރޯލެއް އަދާ ކުރުން
  7. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން  ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްް  ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި އިސްރޯލެއް އަދާ ކުރުން   
  8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙުޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތައް ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ  މަސައްކަތް ކުރުން
  9. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާ ކުުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން
  10. ތަޙްޤީޤު ނިންމުމަށް ފަހު ރިޕޯޓް އެކުލަވާލާ އޮމްބަޑްސްޕަރސަނުންނަށް ފޮނުވުން
  11. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެންމެހާ ތަޙްޤިގުތަކުގެ ރެކޯޑްސް ރަގަޅަށް ބަލަހައްޓާތޯ ކަށަވަރު ކުރުން
  12. ތަޙްޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ފާހާގަ ކުރުން އަދި ޑިރެކްޓަރ ގެ އިރުޝާދާ އެކު އެކަންކަން އަންގަންވާ ފަރާތްތަަކަށް އަންގައި ތަންފީޛުވާ މިންވަރު މޮނިޓަކުރުން
  13.  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ދާއިރާއާ ގުޅޭޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 6 އަހަރު ގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

އިންވެސްޓިގޭޝަން  އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓް

މުސާރަ:

-/15,500ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/6,500ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފިގެ ޤާނޫނު) ގެ ދަށުން  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންްމެހާ މައްސަލާތައް ޑިރެކްޓަރާއި އާއި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ އިރުޝާދު މަތިން ތަޙްޤީޤު ކުރުން
  2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން
  3. ހަވާލު ކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ  އޮމްބަޑްސްޕަރސަނުންނަށް ޑިރެކްޓަރގެ އިރުޝާދުގެ މަތިން ފޮނުވުން
  4. ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓްުން
  5. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ދެނެގަނެ ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  6. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން   
  7. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެއޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ  މަސައްކަތް ކުރުން
  8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާ ކުުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން
  9. ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން
  10.   މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

ާދާއިރާއާ ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 5 އަހަރު ގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

29 މާރިޗު 2021 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމުތަކަަށް އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  3. މަތީގައިވާ މަޤާމުތަކުގެ ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް  މި އޮފީން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  4. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  5. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7337486

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ. އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

  09 ޝައުބާން 1442

  22 މާރިޗު 2021

 

 

       

22 މާރިޗު 2021
ހޯދާ