ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ޑިވެލޮޕްކޮއްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު:(IUL)462/1/2021/5  

އިޢުލާން

މި ކޮމިޝަނަށް ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ޑިވެލޮޕްކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ފަރާތްތަކުން މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 ތަފްޞީލު

 ތާރީޚު

 ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ (މައުލޫމާތު ސާފުކުރުމަށް)

25 މާރިޗް 2021

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށަހެޅުން

5 އޭޕްރީލް 2021

 ހޯމަ

10:30

  • ޕްރީބިޑް މީޓިންގ އާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާ އަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅޭނީ، ޕްރީބިޑް މީޓިންގއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

- މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26  މާރިޗް 2021 އިން  1 އޭޕްރީލް  2021 އަށް، ކޮމިޝަނުގެ އީމެއިލް [email protected] އަށް  ސާފު ކުރެއްވުމަށް ބޭނުންވާ މައުލޫމާތު އެނގޭނޭހެން ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ.  އަދި  މި ސުވާލުތަކަށް ދޭ ޖަވާބު ކޮމިޝަނުގެ ވެބް ސައިޓުގައިވާ، މިއިއުލާނާ ގުޅޭ މަޢުލޫމާތާ އެކު ޝާޢިއު ކުރެވޭނެއެވެ.

-  ފޯން:  3302582

-  އީމެއިލް: [email protected]

 

22 މާރިޗު 2021
ހޯދާ