މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަންކިއުމާއި ގުޅޭ

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެއަދަދާއިބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަންކިޔާމުދާބެލުމާއިނަންނޯޓްކުރުން: 
    • މުދާ ބެލުން : 31 މާރިޗު 2021 ވާ ބުދަ ދުވަހުގެ 16:30 ގައި
    • މުދާ ބެލުމަށް ނަން ނޯޓް ކުރުން: 31 މާރިޗު 2021 ، 10:00 ކުރިން ނީލަން މުދާބެލުމަށް އެދޭ

    ފޯމު https://bit.ly/3926j0g  ފުރިހަމަކުރައްވަން ވާނެއެވެ.

    • މުދާބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
  3. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 01 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
  4. ނީލަންކިޔުން: 03 އޭޕްރިލް 2021 ވާ ހޮނިހިރު ދުވަހު 14:00 ން ފެށިގެން.
  5. ނީލަންކިއުންއޮންނަތަން: ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައި.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
  • ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
  • ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބިވަޑައިގަންނަވާނެއެވެ.  
21 މާރިޗު 2021
ހޯދާ