މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޭއައިއެސް އިނޮވޭޓާރ ސްކޮލަރޝިޕް 2021 އަދި ިއިނޮވޭޝަން ޗެލެންޖް އޭއައިއެސް ޖޮއިންޓް ރިސަރޗް ޕްރޮގްރާމް 2021

THE AIS – INNOVATOR SCHOLARSHIP 2021 and

Innovation Challenge – AIS Joint Research Program 2021

 

       އާކިޕެލަޖިކް އެންޑް އައިލެންޑް ސްޓޭޓްސް (އޭ.އައި.އެސް) ފޯރަމްގެ ފަރާތުން ހުޅުވާލާފައިވާ ސްކޮލަރޝިޕް އަދި ޖޮއިންޓް ރިސަރޗް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގަވާފައިވެއެވެ. މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

 

އޭ.އައި.އެސް އިން ކުރިއަށްގެންދާ "ދަ އިނޮވޭޓަރ ސްކޮލަރޝިޕް 2021" ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2021 އެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

https://www.aisforum.org/opportunity/the-ais-innovator-scholarship-2021-fully-funded

 

މީގެއިތުރުން އޭ.އައި.އެސް އިން ކުރިއަށްގެންދާ "ދަ އިނޮވޭޓަރ ޗެލެންޖް – އޭއައިއެސް ޖޮއިންޓް ރިސާރޗް ޕްރޮގްރާމް 2021" ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2021 އެވެ. މި ރިސާރޗް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

https://www.aisforum.org/opportunity/innovation-challenge-ais-joint-research-program-2021

 

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

18 މާރިޗު 2021
ހޯދާ