މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު 2020" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2020 އަށް ނަން ހުށަހެޅުއްވުމަށް ކުރެވުނު ނަންބަރު: (IUL-219-LS/1/2021/7)  (15 މާރިޗު 2021) އިއުލާނުގައި ދީފައިވާ މުއްދަތަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު  އާންމުކޮށް މިހާރު ވަނީ ހުޅުވާލައިފައެވެ. މިއިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

(ނ) ސިޔާސީ

(ރ) ޝަރުއީ އަދި ޤާނޫނީ

(ބ) ވިޔަފާރިއާއި އިޤުތިޞާދު

(ޅ) ކުޅިވަރު

(ކ) ފޮޓޯ ޖާރނަލިޒަމް

(އ) ވީޑިއޯ ޖާރނަލިޒަމް

(ވ) އޯޑިއޯ ޖާރނަލިޒަމް

(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(ފ)  ފީޗަރ / ރިޕޯޓް

(ދ) އެންމެ އުންމީދީ ނޫސްވެރިޔާ

      މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އާންމުކޮށްފައިވާނެއެވެ.     

      މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

05 ޝައުބާން 1442

18 މާރިޗު 2021
ހޯދާ