މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

                                  އިޢުލާން

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

 

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ގްރާންޓަށް އެދި ޕްރޮޕޯސަލް ހެދުމުގައި ދަތިތައް ދިމާވާކަމަށް މަދަނީ ޖަމްޢިއްޔާތަކުން އެދެމުންދާތީ، ނަންބަރު: IUL)141-CE/141/2021/33) (14 ފެބްރުވަރީ 2021) އިޢުލާނުގެ މުއްދަތު އިތުރު ކޮށްފީމެވެ. އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.youth.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.   

 

ގްރާންޓްގެ ނަން:

  1. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް
  2. ސްމޯލް ޕްރޮޖެކްޓް ގްރާންޓް

 ޕްރޮޕޯސަލް ފޯމް ލިބެން ހުންނާނެތަން:

  www.youth.gov.mv ވެބްސައިޓުން

  ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 29 އޭޕްރީލް 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: [email protected] އީމެއިލް މެދުވެރިކޮށެވެ.

 ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ

ނޯޓް:

  • ކޮންމެ ޖަމްޢިއްޔާއަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
  • ޕްރޮޕޯސަލް ހުށަހަޅަންވާނީ މި މިނިސްޓްރީން  ދީފައިވާ ޓެމްޕްލޭޓާއި އެއްގޮތަށް ދިވެހި ބަހުންނެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7662474، 7556883،7905784 އަށް ގުޅުއްވުން އެދެމެވެ.
17 މާރިޗު 2021
ހޯދާ