މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސައުތު އޭޝިއަން ޔުނިވަރސިޓީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު

ސައުތު އޭޝިއަން ޔުނިވަރސިޓީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު

 

              ސާރކް ޤައުމުތަކުގެ ފަރާތުން އިންޑިއާގެ ނިއުދިއްލީގައި ހިންގަމުންދާ ސައުތުއޭޝިއަން ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ފުރުސަތާއި އިދާރީ ވަޒީފާތަކުގެ ފުރުސަތު ސާރކް ޤައުމުތަކުގެ މީހުންނަށް ވަނީ ހުޅުވާލައިފައެވެ. އެ ވަޒީފާތަކަކީ، ޕްރޮފެސަރ (އިކޮނޮމިކްސް)، ރެޖިސްޓްރަރ، އަދި ޑިރެކްޓަރ (އެޑްމިޝަންސް އެންޑް އެގްޒެމިނޭޝަން) ގެ ވަޒީފާއެވެ.

މި ވަޒީފާތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފަހު ތާރީޚަކީ 30 އެޕްރީލް 2021 ކަމުގައި އެ ޔުނިވަރސިޓީން ވަނީ އަންގަވައިފައެވެ.

ވީމާ މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ބޭނުންވާ އިތުރު މަޢުލޫމާތު  www.sau.int މި ލިންކުން ހޯއްދަވައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަން އާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ.

 

              04 ޝަޢުބާން 1442 ހ

              17 މާރިޗު 2021 މ    

 

17 މާރިޗު 2021
ހޯދާ