ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފިޓްނެސް ސެންޓަރއެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލުން

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފިޓްނެސް ސެންޓަރއެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 12 ވަނަ ފަންގިފިލާގައި ފިޓްނެސް ސެންޓަރއެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރި މި ކްލަބުގެ ނަންބަރު: PEMA/IUL/2020/2 (21 ޖުލައި 2020) އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

ބީލަން ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީކުރުމުން، މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ބީލަން ރަޖިސްޓަރީކުރުމަށް އެދި އީމެއިލް ކުރާނީ [email protected] އަށެވެ. ބީލަން ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚް

24 މާރިޗު 2021

14:00 ގައި

ބީލަން ހުށަހަޅާ ތާރީޚް

28 މާރިޗު 2021

14:00 ގައި

ބީލަން ހުށަހެޅުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

17 މާރިޗު 2021
ހޯދާ