މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

                                                                                                                                                  ނަންބަރު: GS61/IUL/2021/05

                                                                                                                                                   ތާރީޚް: 17 މާރޗް 2021  

 އިޢުލާން

އެކްޓިވިޓީ ޔުނިފޯރމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

      މި ސްކޫލްގެ އިޢުލާން ނަންބަރ GS61/IUL/2021/04 ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަންއަށް ތިން ފަރާތަކުން ހާޟިރުވެފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

 

      01 އެޕްރިލް 2021 އިން ފެށިގެން 01 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް، ސްކޫލުންދައްކާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         

                 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

* މަޢުލޫމާތު ދިނުން: 21 މާރޗް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް މަރަދޫފޭދޫ ސްކޫލަށް

* އަންދާސީ ހިސާބު ހުށަހެޅުން: 28 މާރޗް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް މަރަދޫފޭދޫ ސްކޫލަށް

 

           މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

17 މާރިޗު 2021
ހޯދާ