ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ރ. މާކުރަތުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބެއް ލިބިފައި ނުވުމުން އަލުން އިޢުލާންކުރުން

އެސްޓީއޯގެ އިއުލާން ނަންބަރ: 60- އޭޑީއެމް/39/2021 އިން ރ. މާކުރަތުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބެއް ލިބިފައި ނުވުމުން އަލުން އިޢުލާންކުރުން

ބޭނުން:

  • އެސްޓީއޯ ރ. މާކުރަތު ފާމަސީގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުން ބޭތިއްބުން

ޝަރުތުތައް:

  • ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން 
  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން
  • ކޮޓަރިތެރޭގައި ފާޚާނާ ހުރުން
  • ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން
  • ކަރަންޓީނު ގެ މުއްދަތުގައިވެސް ބޭނުންކުރެވޭނެ ތަނެއް ކަމުގައިވުން
  • ކުލި ދެފަރާތުން އެއްބަސްވާ އަގެއް
  • ތަން ކުއްޔަށް ނަގަން ބޭނުންވަނީ 02 (ދޭއް) އަހަރު ދުވަހަށް

 ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 23 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރ: 7764626 / 9744252 މޯބައިލް ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށްފަހު އެސްޓީއޯއިން ޚިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއްގެ ދަށުން ތަން ކުއްޔަށް ހިފުމުގެ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރެވޭނެއެވެ.

 

16 މާރިޗު 2021
ހޯދާ