މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ބަނދަރު ހުސްކުރުމާއިގުޅޭ

ދެކުނުފަރާތު ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާތީ، މިހާރު ފަޅުގެ އިރުމަތީގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި އެޞަރަހައްދު ހުސްކޮށްދިނުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުންވަނީ މިކައުންސިލްގައި އެދިފައެވެ. ބަނދަރުގެ އިރުމަތިން ދިގުޖެޓީއާއި ހުރަސްޖެޓީ ބެދޭ ހިސާބުގައި ކުދި ރުއްތަކެއް ހުރުމާއެކު، މަސައްކަތް ކުރުމަށް ދަތިވެދާނެކަމަށްޓަކައި، ބަނދަރުގެ އިރު އުތުރުކަނުގައި އިންދާފައިވާ ކުދި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ، 2021 މާރިޗު 17 ވަނަ ދުވަހުގެ ކުރިން އެތަކެތި ނަންގަވައި އެހެން ތަނަކަށް ބަދަލުކުރެއްން އެދެމެވެ. އަދި މިރުއްތައް ނެގުމުގައި، އެމް.ޓީ.ސީ.ސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަވެސް ވަނީ ދަންނަވާފައެވެ.

ބަނދަރުގެ އިރުމަތިން އެއްގަމާވީ ސަރަޙައްދަކީ ރަށުގެ މީހުންދިރިއުޅޭ ސަރަޙައްދާއި ކައިރި ސަރަޙައްދަށްވެފައި، ބަނދަރުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައެވެ.

ވީމާ، ދެކުނު ބަނދަރުގައި އަޅާފައިވާ އެންމެހާ އޮޑިދޯނިފަހަރާއި ބަނދަރުގެ އިރު އުތުރުކަނުގައި އިންދާފައިވާ ކުދި ރުއްތައް 2021 މާރޗް 17 ވަނަ ދުވަހުގެ ކުރިން ނަންގަވައި ދެއްވުން އެދެމެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

15 މާރިޗު 2021
ހޯދާ