ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން ނަންބަރ MNU-CA-PAMD/2021/20 ގެ އެޑެންޑަމް 1

 

އެޑެންޑަމް-1

އިއުލާން ނަންބަރު

MNU-CA-PAMD/2021/20

އިއުލާނުގެ ތާރީޚް

02 މާރިޗު 2021

ބީލަމުގެ ނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ފިޒިއޮތެރަޕީ ލެބަށް ބޭނުންވާ ބައެއް ތަކެތި ގަތުން

 

މި ޔުނިވަރސިޓީން 02 މާރިޗު 2021 ގައި ކުރި MNU-CA-PAMD/2021/20 ނަންބަރު އިއުލާނާ އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހަށް އަދި ފޯމްސެޓަށް ތިރީގައިވާ ބަދަލުތައް ވަނީ ގެނެވިފައެވެ.

މަޢުލޫމާތު ޝީޓުގެ "4. މި މަސައްކަތުގެ މުއްދަތު"

 

މި މަސައްކަތަށް ކަނޑައެޅާފައިވާ މުއްދަތަކީ މަސައްކަތް ޙަވާލުކުރާ ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހެވެ. މިމުއްދަތު އިތުރު ނުކުރެވޭނެއެވެ. ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ. މި މުއްދަތަށްވުރެ ކޯޓޭޝަންގައި ބަޔާާންކުރާ ޑެލިވަރީ މުއްދަތު ދިގުނަމަ އެ ބީލަމެއް ބަލައިނުގަންނާނެއެވ

މަޢުލޫމާތު ޝީޓުގެ "5. އަންދާސީހިސާބުގެ ވެލިޑިޓީ"

 

މި އިޢުލާނާ ގުޅިގެން ހުށަހަޅާ ހުރިހާ ބީލަމެއްގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ވެލިޑިޓީ މުއްދަތެއް އޮންނަންވާނެއެވެ. މި މުއްދަތަށްވުރެ ކޯޓޭޝަންގެ ވެލިޑިޓީ ކުރުނަމަ އެ ބީލަމެއް ބަލައިނުގަންނާނެއެވެ.

 

ފޯމްސެޓުގެ "ޖަދުވަލު 4"

އިސްލާހުކުރެވިފައިވާ ޗެކުލިސްޓް މިއެޑެންޑަމް އާއި އެޓޭޗްކުރެވިފައިވާނެއެވެ.

 

މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ.

 

14 މާރިޗު 2021

14 މާރިޗު 2021
ހޯދާ