މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އިސްލާހު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ ތިރީގައިމިވާ ދެ މާއްދާ އާއި  ދެ ޖަދުވަލު ވަނީ އިސްލާހު ކޮށްފައެވެ.

ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާ (އިނާމަށް ނަން ހުށަހެޅުން) ގެ (ކ) ގެ 1.1:

މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކަށް ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއިން މަދުވެގެން 12 އުފެއްދުން. ހުށަހެޅުންތަކުގެ ތެރެއިން އެވޯޑަށް ނޮމިނޭޓުކުރަން ބޭނުންވާ 3 އުފެއްދުމެއް ފާހަގަ ކުރަންވާނެއެވެ. އަދި އެ 3 އުފެއްދުމުގެ އެއްކޮޕީ ހުށަހަޅުން. ހުށައަޅާ ކޮންމެ އުފެއްދުމެއް 300 ލަފްޒަށްވުރެ މަދުވެގެން ނުވާނެއެވެ.

ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާ (އިނާމުތަކަށް ނޫސްވެރިން ހޮވުމާއި، އިނާމަށް ހޮވިފައިވާ ނޫސްވެރިޔަކަށް އިނާމު ނުދެވޭނެ ޙާލަތު) ގެ (ހ ، ށ ، ނ):

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ނަން ހުށަހެޅޭ ނޫސްވެރިންގެ މައްޗަށް އިންސާފުކުރާނީ، މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ޕެނަލުންނެވެ.

(ށ) މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ޕެނަލުން މާކުސް ދޭނީ މިއުސޫލުގެ ޖަދުވަލު 1، ޖަދުވަލު 2، ޖަދުވަލު 3، ޖަދުވަލު 4، ޖަދުވަލު 5 އާއި ޖަދުވަލު 6 ގައިވާ ބައިތަކަށެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދާއިރާތަކަށް 3 ފަރާތަށްވުރެ މަދުން ކުރިމަތިލާފައިވާނަމަ އެދާއިރާތަކުން ނޫސްވެރިކަމުގެ އިނާމެއް ނުދެވޭނެއެވެ. އެހެންނަމަވެސް މި އުސޫލުގެ ޖަދުވަލު 1، ޖަދުވަލު 2، ޖަދުވަލު3، ޖަދުވަލު 4، ޖަދުވަލު 5 އާއި ޖަދުވަލު 6 އާއެއްގޮތަށް އިންސާފުކޮށް މަދުވެގެން %80 މާކްސް ލިބޭފަރާތްތަކަށް ކައުންސިލުން އެކަން ފާހަގަކޮށް ސެޓްފިކެޓެއް ދެވޭނެއެވެ. 

ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 5 (އޯޑިއޯ ޖަރނަލިޒްމް) ގެ 1 ވަނަ ނަންބަރު (ތަޢާރަފް):

މިއީ، މި އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި އެކުލަވާލާފައިވާ ޖަދުވަލެކެވެ. މި ޖަދުވަލުގެ 2 ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެމަތިން މާކުސްދޭނީ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން (ވ) – ރޭޑިއޯ ޖަރނަލިޒްމް (އޮންލައިން ނިއުސް އޯޑިއޯ، ބްރޯޑްކާސްޓް އޯޑިއޯ، ނިއުސް ޑޮކިއުމެންޓްރީ، ނިއުސް ޕޮޑްކާސްޓް) ގައިވާ ދާއިރާއަށެވ

ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 7 ގެ 3 ވަނަ ނަންބަރު (މި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި):

3. މި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1.

އިނާމަށް ކުރިމަތިލި ނޫސްވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

2.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރުމަހުގެ 31 ވަނަ ދުވަހާ ދެމެދު، މަދުވެގެން ޖުމުލަ 9 (ނުވައެއް) މަސް ދުވަހު، މީޑިއާއެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ލިއުން.

3.

އިނާމަށް ހުށަހެޅޭ ދާއިރާތަކުގެ ތެރެއިން (ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު) ކުރިމަތިލި ދާއިރާއިން 12 އުފެއްދުން، ހުށަހެޅުންތަކުގެ ތެރެއިން އެވޯޑަށް ނޮމިނޭޓުކުރަން ބޭނުންވާ 3 އުފެއްދުމެއް ފާހަގަކުރުން.

4.

ތަޙްޤީޤީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް) ދާއިރާއިން ހުށަހަޅާނަމަ 3 (ތިނެއް) އުފެއްދުން. އެހުށަހެޅުންތަކުގެ ތެރެއިން އެވޯޑަށް ނޮމިނޭޓުކުރަން ބޭނުންވާ އުފެއްދުމެއް ފާހަގަ ކުރުން.

5.

ފީޗަރ / ރިޕޯޓް ދާއިރާއިން ހުށަހަޅާނަމަ 5 (ފަހެއް) އުފެއްދުން.

6.

ފޮޓޯ ޖާރނަލިޒަމް ދާއިރާއަށް ހުށަހަޅާނަމަ، ޝާއިޢު ކޮށްފައިވާ 12 (ބާރަ) ފޮޓޯ (ޝާއިޢު ކުރެވުނުއިރު އޮތް ކެޕްޝަނާއެކު). ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހެޅުމުގައި 03 މަޢުޟޫއަކަށް ހުށަހަޅަންވާނެއެވެ.

7.

ވީޑިއޯގްރަފީގެ ދާއިރާއަށް ހުށަހަޅާނަމަ 3 (ތިނެއް) ވީޑިއޯ.

8.

އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއިން ހުށަހަޅާނަމަ 5 (ފަހެއް) އޯޑިއޯ.

9.

ނިއުސް ގްރެފިކްސް އާއި އިލަސްޓްރޭޝަންގެ ދާއިރާއަށް ހުށަހަޅާނަމަ، ޝާއިޢު ކޮށްފައިވާ 5 (ފަހެއް) ވިޝުއަލްސް ޝާއިޢު ކުރެވުނުއިރު އޮތް ގޮތަށް.

10.

އޮންލައިން ނޫސްތަކުގައި ޝާއިޢުކުރެވިފައިވާ ތަކެތީގެ ލިންކްތަކުގެ (ޔޫ.އާރް.އެލް.ގެ) ލިސްޓު.

11.

ގުރޫޕު ހުށަހެޅުމެއްނަމަ ބައިވެރިންގެ ނަމާއި ކުރި މަސައްކަތް އެނގޭނެ ލިސްޓް.

12.

ޕާސްޕޯޓު ސައިޒުގެ ފޮޓޯ

13.

ސީވީ

14.

ހުށަހަޅާ ހުށަހެޅުންތަކުގެ ހާޑްކޮޕީ 1 (އެކެއް) ސެޓު އަދި ސޮފްޓް ކޮޕީ ޕީޑީއެފް ފޯމެޓަށް ހުށަހެޅުން.

  • ވީޑިއޯ، އޯޑިއޯ އަދި ފޮޓޯ ހުށަހަޅަން ވާނީ ރީރައިޓް ނުކުރެވޭ ސީޑީ،ރީރައިޓް ނުކުރެވޭ ޑީވީޑީ ނުވަތަ ޕެންޑްރައިވްއެއްގައެވެ.
  • އީމެއިލުގެ ޒަރީއާއިން ފޮނުވާ ތަކެތި ބަލައެއް ނުގަނެވޭނެއެވެ.
  • ހުށަހަޅާ ކޮންމެ އެއްޗެއް ހުށަހަޅަންވާނީ އެ އެއްޗެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ނުވަތަ ޓެލެކާސްޓްކުރި ތާރީޚު އެނގޭނޭ ގޮތަށެވެ.

ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު، ގެނެވިފައިވާ އިސްލާހުތަކާއެކު، މި އިއުލާނާއެކު އާއްމުކޮށް، ހުރިހާ ނޫސްވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

  01 ޝަޢުބާން 1442

14 މާރިޗު 2021
ހޯދާ