މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

        ހިންމަފުށީ ޕްރީސްކޫލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ ޢަދަދު:  01

ގިންތި:  ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ ޕްރީ ސްކޫލް

މުސާރަ : މަހަކު -/3100  ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:  -/1000 ( އެއްހާސް ރުފިޔާ )

މަޤާމުގެ ޝަރުތުތައް:  

  • އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.
  • ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކޮންމެ ދުވަހަކު ކްލާސްރޫމާއި އޮފީހުގެ އެތެރެ މޭޒުތަކާއި، ގޮނޑިތައް އަދި މެޝިނަރީ ފަދަ ތަކެތި ފޮހެ ސާފުކުރުން.
  • ސްކޫލްގެ ގޯތިތެރެއާއި ވަށާފާރު ބޭރު ކަހާ ވިނަނޮޅާ ބެލެހެއްޓުން.
  • ކްލާސްރޫމްތަކާއި، އޮފީހުގެ ފަންކާތަކާއި ދޮރުތައް ފޮހެ ސާފުކުރުން.
  • އެކި އިދާރާތަކަށް ރައްދުކުރަންޖެހޭ ލިއުންތައް ރައްދުކުރުން.
  • ބާއްވާ ބައްދަލުވުންތަކަށް ހޯލް ތައްޔާރުކުރުމާއި، އެކަމާއިބެހޭ އިންތިޒާމްތައް ހަމަޖެއްސުން.
  • ސްކޫލަށް ޙާޟިރުކުރަންޖެހޭ މީހުންނަށް ކިއުން.
  • ގޯތިތެރެއާއި، ބޭރު ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޕްރީސްކޫލުން އަންގާގޮތެއްގެ މަތީންކުރުން.
  • ކްލާސްރޫމްތަކުގައި ކިޔަވައިދެމުންދާ ވަގުތުގައި ކްލާސްރޫމްތެރެ ޓީޗަރުންނަށް ކުދިން ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • ކޮންމެ ދުވަހަކު ފާޚާނާތައް ސާފުކުރުން.
  • މީގެ އިތުރުންވެސް ޕްރީސްކޫލްގެ މަސައްކަތްތަކާއި ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިއުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށި ކައުންސިލް އިދާރާއިން )
  • ވަޒިފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ " މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި، އަޚްލާޤު ހުރިގޮތް ބަޔާންކުރާފޯމް " .
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  

21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހިންމަފުށި ކައުންސިލް އިދާރާއަށް.

  • އިންޓަރވިއު އޮންނާނެ ތަނާއި،  މުއްދަތު:   

އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ، ހިންމަފުށި ކައުންސިލް އިދާރާގައެވެ.

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.       

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މާރިޗު 2021
ހޯދާ