މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދޯނި ކެޕްޓަން

 134-HR/I/2021/27 :ނަމްބަރު

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ. (މި މަޤާމަށް މީހުން ހޯދުމަށް ކުރިން ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނު ކުރުން)

މަޤާމު

 ދޯނި ކެޕްޓަން

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފެރީ ސާރވިސް / އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

5120 ( ފަސްހާސް އެއްސަތޭކަ ވިހި ) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެެ މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ހުނަރު ހުރިމީހަކަށްވުން / ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އަދި ފުރިހަމަ ސިއްޙަތެއްގައިހުރި މީހަކަށްވުން
  • ކަނޑުމަތީގައި ދުއްވާ އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ.ބީ.ސީ.ޑީ ލިބިފައި ފައިވުން އަދި ކޯސްޓަލް ނެވިގޭޝަން ކްލާސް 5 އެއްގެ ސެޓްފިކެޓް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހަކުވެސް ދަތުރުތަކުގެ ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެމަތިން ދަތުރު ކުރުން
  • ރަސްމީގަޑީގައި ފެރީން ދަތުރުކުރާ މުވައްޒަފުން ދަތުރުކުރަނީ ހުއްދަލިބިގެންތޯ ބަލައި ޗެކްކުރުން ނުވަތަ ބޯޑިންގޕާސް އޮވެގެންތޯ ބެލުން
  • ކުރާހުރިހާ ދަތުރެއް ނޯޓްކުރުން
  • ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ކުރަންޖެހޭ ދަތުރު ކުރުން
  • ދަތުރުތައް ފެށުމުގެ ކުރިން ދޯނީގައި ވާވަރަށް ތެޔޮހުރިތޯ ޗެކްކުރުން. ދޯނީގެ ތެޔޮ ހުސްވެފައިވާނަމަ އޮންނަ އުސޫލެއްގެ މަތިން ސްޕަރވައިޒަރާ ވާހަކަދައްކައި
  • ޒިންމާ ނެގުން.
  • ދޯނީގެ ކޮންމެ ދަތުރެއް ނިމުމުން ދޯނި ކުރޫން ލައްވާ ދޯނި ރަނގަޅަށް ސާފުކޮށް އަނެއް ދަތުރަށް ތައްޔާރުވުން
  • އެއްވެސް ކަހަލަ ގެއްލުމެއް ދޯންޏަށް ނުވަތަ ދޯނީގެ އިންޖީނަށް ލިބިއްޖެނަމަ ލަސްނުކޮށް އަންގަންވީފަރާތަށް އަންގާ އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ދޯނީގައި ބޭނުންކުރުމަށް ދޫކުރެވިފައިވާ ހުރިހާ ތަކެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 މާރިޗް 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

11 މާރިޗު 2021
ހޯދާ