މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ އިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 75 ގޯއްޗާއިބެހޭ

މިއިދާރާގެ ނަންބަރ (IUL)333/333/2021/3  ނަންބަރ ޢިއުލާނާއި އެކު ޢާންމުކުރެވުނު ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކަށް ދެވިފައިވާ ޕޮއިންޓް އަލުން މުރާޖާކުރުމަށް ކައުންސިލުން ގޯތިކޮމިޓީއަށް ލަފާއަރުވާފައިވާތީ، ގޯތިކޮމިޓީން ބެލިބެލުމުން ދެފަރާތުގެ ފޯމްގައި 3.3 (ރަށްވެހިކަމުގެބައި ) ގެ "ނ" ގައިވާ ޕޮއިންޓް ދެވިފައިވަނީ ރަގަޅަށްނޫންކަމަށް ގޯތިކޮމިޓީއަށް ފާހަގަ ކުރެވުމާއިއެކު އެކަން އިޞްލާޙްކޮށް އެދެފަރާތަށް އެކަން އެންގުމަށްފަހު، އެދެފަރާތްވަނީ މިފަހަރު ގޯތިލިބޭ މީހުންގެ ލިސްޓުން އުނިކުރެވިފައެވެ. އަދި އެދެފަރާތް އުނިކުރުމުން 128 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި 2021 މާރިޗް 09ވަނަ ދުވަހުގެ ރޭ ނެގުނު ގުރުއަތުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ 74ވަނަ އާއި 75ވަނަ އަށް ހޮވުނު ފަރާތްތައް ލިސްޓަށްވާނީ އިތުރުކުރެވިފައެވެ. މިދެންނެވުނު އިޞްލާޙާއިއެކު މިކައުންސިލްގެ ނަންބަރު  (IUL)333/333/2021/3  (12 ފެބްރުއަރީ 2021) ޢިއުލާން ބާޠިލްކޮށް، އިސްލާޙްކުރެވުނު ލިސްޓް މިޢިއުލާނާއިއެކު ޢާންމުކުރަމެވެ.

10 މާރިޗު 2021
ހޯދާ