ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމާއި ގުޅޭ

އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމާއި ގުޅޭ

            1442 ވަނަ އަހަރުގެ ރަމަޟާންމަހު ހއ. ހޯރަފުށީގެ މިސްކިތްތަކުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި 03 ޙާފިޡުން ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް މިއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު
  • ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ ހޯރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ. މިކަމަށް 03 ފަރާތަށް ވުރެ ގިނަ ފަރާތުން އެދޭނަމަ، އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 03 ފަރާތަކަށެވެ. މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2021 މާރިޗް 17 ވާ ބުދަ ދުވަހުގެ 14:00 އެވެ. މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ޢަޒްމީން (ފޯން ނަންބަރު: 7793060) އާއި ގުޅުއްވުން އެދެމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

09 މާރިޗު 2021
ހޯދާ