ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ބަނދަރުގައި ކަރަންޓް ޕޮއިންޓްތަކެއް ގާއިމު ކުރުމަށް ބޭނުންވާ ތަކެތި ހޯދުން

މި އިދާރާިން ހިމަނާފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕޮއިންޓްދޭނެ އުސޫލާއި އަންދާސީ ހިސާބާއި ބެހޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 16 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

މި ތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަދި ބިޑު ޑޮކިއުމަންޓުގައިވާ އެންމެހައި ލިޔުންތައް ފުރިހަމަކުރުމަށްފަހު 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ފޯން: 6862830

08 މާރިޗު 2021
ހޯދާ