އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މައިކްރޯސޮފްޓް 365 ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޢިއުލާން

 

            އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ބޭނުންވާ މައިކްރޯސޮފްޓް 365 ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެން ކަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މައިކްރޯސޮފްޓް 365 ފޯރުކޮށްދޭނެ ޝައުޤުވެރިވާ ފަރާތްތަކުން 08 މާރިޗް 2021 ވާ ހޯމަ ދުވަހުން ފެށިގެން 16 މާރިޗް 2021  ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު  [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 މާރިޗް 2021 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް އަދި މައުލޫމާތު ސާފުކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ. 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

07 މާރިޗް 2021

07 މާރިޗު 2021
ހޯދާ