ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ދާއިމީ)

 

G1C-A/2021/02

ވަޒީފާގެ ފުރުޞަތު

07 މާރިޗު 2021

ރޭންކް: އެސް.އެސް 2

އޮފީސް އެސިސްޓެންޓް

މަޤާމް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް2

1 (އެކެއް)

ބޭނުންވާ އަދަދު

ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް / ޅ.ހިންނަވަރު

ވަޒީފާ އަދާކުރަންޖެހޭ ތަން

-/3470ރ (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަރުފިޔާ)

އަސާސީ މުސާރަ

- ސާރވިސް އެލަވަންސް: -/1000ރ (އެއްހާސް ރުފިޔާ)

- ލިވިންގް އެލަވަންސް: -/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ  

މިމަޤާމަށް ލިބޭ އެލަވަންސް

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.

އަސާސީ ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

އެހެނިހެން ޝަރުތު

  • ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަން ޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެ މަތިން އެ ފަރާތްތަކަށް ރައްދުކުރުން.
  • ކަމާއި ބެހޭ އިދާރީ މުވައްޒަފުން އަންގަވާ ގޮތެއްގެ މަތިން ކޯޓަށް ޙާޟިރުވުމަށް އަންގަން ޖެހޭ މީހުންނަށް އެންގުމާއި، ކޯޓަށް ޙާޟިރުކުރުމުގެ އަމުރު/ ޗިޓް، ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  • އެކިއެކި ބޭނުމުގައި ކޯޓަށް ޙާޟިރުވާ މީހުން އެއައި ބޭނުމެއް އޮޅުން ފިލުވައި، އެކަމާއި ގުޅޭ މުވައްޒަފަކާއި ގުޅުވައިދިނުން.
  • ކަމާއި ބެހޭ އިދާރީ މުވައްޒަފުން އަންގަވާ ގޮތެއްގެ މަތިން ކޯޓުގެ ފައިސާއާއި ބެހޭ މަސައްކަތްކުރުން (ބޭންކަށް ޖަމާކުރުމާއި ފައިސާ ނެގުމުގެ މަސައްކަތް)
  • ކޯޓުން އެކި ރަށްރަށަށް ފޮނުވާ ތަކެތި ޕާރުސަލްކޮށް، ބޯޓުތަކަށް ގެންގޮސް، އެ ތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.
  • ޑިޕާޓްމަންޓުންނާއި، އެކި ރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުން ބާލާ، ކޯޓަށް ގެނައުން.
  • ޝަރީޢަތްތަކަށް މީހުން ވެއްދުމުގެ މަސައްކަތް ކުރުން.
  • އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.
  • ކަމާއި ބެހޭ އިދާރީ މުވައްޒަފުން އަންގަވާ ގޮތެއްގެމަތިން ކޯޓަށް ގަންނަންޖެހޭތަކެތީގެ އަގުބެލުމާއި، އެތަކެތި ގަނެ ކޯޓަށް ގެނައުން
  • ކޯޓުގެ ޢިމާރާތުގެ ގޯތިތެރޭގައި ގަސް އިންދާ، ފެންދީ ބެލެހެއްޓުން.
  • މަސައްކަތުމީހާ ނެތިއްޖެ ޙާލަތެއްގައި ކޯޓުން އަންގާ ގޮތެއްގެ މަތިން އެމީހުންގެ މަސައްކަތް ކުރުން.
  • މިނޫންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.   

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

  • ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
  • ލިބިފައިވާ މަތީ ތަޢުލީމު ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ތަކެތި

21 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސުންގަޑި

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 
  • މިއިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓްއެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުރައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620014
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގައެވެ.

އިތުރު މަޢުލޫމާތު

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ލިބިފައިވާ ތަޢުލީމް

25%

މަސައްކަތު ތަޖުރިބާ

20%

އިންޓަރވިއު

55%

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

  • ރަސްމީގަޑިއާއި، ނުރަސްމީގަޑީގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްހުރި، މަސައްކަތަށް ވަގުތުދެވޭނެ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

 

07 މާރިޗު 2021

07 މާރިޗު 2021
ހޯދާ