ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެފުރުޞަތު

މިކުންފުނިން ހިންގާ ވ.ރަކީދޫ އިންޖީނުގެއަށް ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

ސަޕޯޓް އެސިސްޓެންޓް

ދާއިރާ:

ވ. ރަކީދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/3,500ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

14 މާރިޗު 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެން ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މާރިޗު 2021 ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ. ރަކީދޫ އިންޖީނުގެ އަށް ހުށަހެޅުއްވުން އެދެމެވެ.

                                 23 ރަޖަބު 1442

                                  07މާރިޗު  2021

07 މާރިޗު 2021
ހޯދާ