މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް މެރައިން ރިސާރޗް އިންސިޓިއުޓް ގެ ފަރާތުން ކުރިޔަށްގެންދާ ސާރވޭގެ މަސައްކަތްކުރުމަށް، ހދ.އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް

`

   (IUL)30-C/30/2021/60 :ނަންބަރު

3 ވަނަ އިޢުލާން

އިޢުލާން

                  މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރައިން ރިސާރޗް އިންސިޓިއުޓް ގެ ފަރާތުން ކުރިޔަށްގެންދާ ސާރވޭގެ މަސައްކަތްކުރުމަށް، ހދ.އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2021/39 (22 ފެބްރުއަރީ 2021) އިޢުލާނާއި ގުޅިގެން އާއްމުކޮށްފައިވާ މައުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ، އެފުރުޞަތު އަލުން ހުޅުވާލަމަވެ.

                 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

                 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028703 އަދި 3339282 ނަންބަރު ފޯނަށެވެ.

07 މާރިޗު 2021
ހޯދާ