ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިޔުޒިކް އެންޑް ވާރކްޝޮޕް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު

ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން 10 އޭޕްރީލް 2021 ވަނަ ދުވަހު ބޫޓާންގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ. 2 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި "ޕްރީ ރެކޯޑަޑް ޕާރފޯމަންސް" ސެގްމަންޓްގައި ގިނަވެގެން 6 ފަންނާނަކަށް އަދި އޮންލައިން ވާރކްޝޮޕްގައި ގިނަވެގެން 10 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

07 މާރިޗު 2021
ހޯދާ