ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

                                                                 ނަންބަރު:242/242/2021/4(IUL)

އިޢުލާނު

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-327064

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ، ގދ. ތިނަދޫ

މުސާރަ:

5610.00 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ މަހަކު

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވަ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 700.00 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށައި ސެކްރެޓަރީ ޖެނެރަލް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ރަށުކައުންސިލް އިދާރާތަކަށް މޮނިޓަރ ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލެވިފައިވާ އުސޫލްތަކާ އެއްގޮތަށް މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މޮނިޓަރިންގއާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ކައުންސިލާއި ހިއްސާ ކުރުމަށްފަހު، ލޯކަލްގަވަރމަންޓް އޮތީރިޓީއަށް، ރިޕޯރޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް އިދާރީ ޒިންމާދުވެރިޔާގެ އިރުޝާދާއެއްގޮތަށް ހަމަޖެއްސުމާއި ބެލެހެއްޓުން
  4. ކޮންމެއަހަރަކުވެސް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރުގެ އަތޮޅުކައުންސިލްގެ އެކްޓިވިޓީ ކަލަންޑަރާއި ބަޖެޓް އެކުލަވާލައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން
  5. ކޮންމެ އަހަރަކުވެސް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ ކައުންސިލްތަކުގެ އެކްޓިވިޓީ ކަލަންޑަރ ހޯދައި، ހަމަޖެހިފައިވާ ތާރީކްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން
  6. އޮފީހުން ކުރިއަށްގެންދެވޭ ޚާއްސަ މަސައްކަތްތަކާއި ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، އަދި އެފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް މުވައްޒަފުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރުން.
  7. އައިޑީކާޑު ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި އިދާރާއިން ކުރަންޖެހޭ އެނެމެހައި މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއެކު މި ޚިދުމަތާއި ގުޅިގެން ޑީ.އެން.އާރު މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި މުއާމަލާތް ކުރުމާއި ފޮނުވަންޖެހޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް ޑީ.އެން.އާރަށް ފޮނުވުން
  8. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެހައި މަސައްކަތްތައް ކުރުން
  9. ރަހުނު ދަފްތަރު ބެލެހެއްޓުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އަދި ކޮންމެ މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރުކޮށް ކައުންސިލަރުންނާ ހިއްސާ ކުރުމާއި، މި މަސައްކަތްތަކާއި ބެހޭގޮތުން ދަޢުލަތުގެ މުވައްސަސާތަކަށް ފޮނުވަންޖެހޭ އެންމެހައި ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުން
  10. ކައުންސިލް އިދާރާއިން އަންގައިފިނަމަ، ކައުންސިލުންކުރާ ރަސްމީ ދަތުރުތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ބަޔާނުގައިވާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި، ގުޅުންހުރި ދަތުރު، ސެމިނާރ، ވޯރކްޝޮޕް އަދި ތަމްރީން ދަތުރުތަކުގައި ބައިވެރިވުމާއި، އަދި އެފަދަ ސެމިނަރ، ވޯކްޝޮޕް ނުވަތަ ތަމްރީން ޕްރޮގްރާމްތަކުން ލިބޭ މަޢުލޫމާތު މި ކައުންސިލްގެ (އަދި އެފަދައިން ޢަމަލުކުރަންޖެހިއްޖެނަމަ ރަށްރަށުގެ ކައުންސިލްތަކުގެ) މުވައްޒަފުންނާއި މިކައުންސިލުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހިއްސާކުރުން
  11. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާ ލޯންތަކާއި އަދިވެސް ދިވެހިރާއްޖޭގެ އެކިއެކި މާލީ އިދާރާތަކުން ނަގާ ލޯންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  12. ރަށްރަށުގެ ކްލަބް ޖަމްއިއްޔާ، ޕްރީ ސްކޫލް އަދި ސްކޫލްތަކުގެ ކަންތައްތައް ހިނގާނުހިގާގޮތް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރުން
  13. ކައުންސިލް އިދާރާގެ މުވައްޒަފަކު ޗުއްޓީ ނަންގަވައިފިނަމަ އެބޭފުޅެއްގެ ވަޒީފާ ބަޔާނުގައި ހުރި މަސައްކަތްތައް އިދާރީ ޒިންމާދާރުވެރިޔާގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން
  14. ރަށްގިރުން ހުއްޓުވުމާއި، ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތުކޮށް ބެލެހެއްޓުމާއި ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި އީ.ޕީ.އޭއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  15. ބިން ދޫކުރުމުގެ މަސައްކަތާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުމާއި، ބިމާއި، ގުޅިގޮތުން ހިންގާ މަޢުލޫމާތުތަކުގެ ރެކޯރޑް ބެލެހެއްޓުން
  16. ރަށްރަށުން ދޫކުރާ ބިންތައް އެރަށެއްގެ ލޭންޑްޔޫސް ޕްލޭނުން އަޕްޑޭޓްކޮށް ބެލެހެއްޓުން
  17. ބިމުގެ ދަފްތަރު އެކުލަވާލައި ބިމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  18. ރަށްރަށުން ލޭންޑް ސާރވޭ ކުރުމަށް ބޭނުންވާ ރަށްތަކަށް ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ކުރުން.
  19. ކައުންސިލް އިދާރާގެ ޑިވެލޮޕްމަންޓް ޕްލޭނާއި ފައިނޭންޝަލް ޕްލޭން ރިވިއު ކުރުމަށްފަހު ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  20. ކައުންސިލްގެ އެނުއަލް ވޯކްޕްލޭން ތައްޔާރުކުރުން
  21. ރަށުކައުންސިލް މޮނިޓަރ ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށްފަހު ރިޕޯޓް ތައްޔާރުކޮށް ވެބްސައިޓްގައި ޝާއިއުކޮށް ބެލެހެއްޓުން
  22. ފަޅުރަށްތަކާބެހޭ ދަފްތަރު އެކުލަވާލައި، ފަޅުރަށްތަކާއި ބެހޭގޮތުން ދައުލަތުން އަންގާ ގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން
  23. ރަށްރަށް ސާރވޭ، ރަށެއްގެ ލޭންޑްސާރވޭ، ރީފްސަރވޭ، ވެޖްޓޭޝަން، ސާރވޭގެ އިތުރުން ލެވަރިންގ ނެގުމަށްޓަކައި ހުށަހެޅުން
  24. ބިދޭސީންގެދަފްތަރު އެކުލަވާލުމާއެކު، އަތޮޅުގައި އުޅޭބިދޭސީންނާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  25. ރަށުކައުންސިލްތަކުން ހުށަހަޅުއްވާ ސަރަހައްދުތަކުގެ ލޭންޑް ސާރވޭ އިކުއިޕްމަންޓް ބޭނުންކޮށްގެން ކުރުން
  26. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ފަޅުރަށްރަށުގެ ވެޖްޓޭޝަން ސާރވޭކުރުން
  27. ސާރވޭ ކުރެވިފައިވާ ތަންތަނަށް އަންނަ ބަދަލުތައް ދެނެގަނެ މޮނިޓަރކޮށް ރިޕޯޓްތައް އެކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހެދުމަށްފަހު ރެކޯޑް ބެލެހެއްޓުން
  28. ރަށްރަށުގެ ކައުންސިލްތަކުންނާއި ދަޢުލަތުގެ އިތުރުން އާންމުފަރާތްތަކުން ހުށަހަޅުއްވާ ސަރަހައްދުތަކުގެ ގްރައުންޑް ލެވެލް އިކުއިޕްމަންޓް ބޭނުންކޮށްގެން ނެގުން

 

މަޤާމުގެ ޝަރުޠުތައް:

އެޕްލައިޑް މެތަމެޓިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ރިސަރޗް، ސޯޝަލް ސައިންސް، ސްޓެޓިސްޓިކްސް، އާބަން ސްޓަޑީޒްއާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޕްލައިޑް މެތަމެޓިކްސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

 ބިޒްނަސް މެނޭޖްމަންޓް

އިކޮނޮމިކްސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ރިސަރޗް، ސޯޝަލް ސައިންސް

ސްޓެޓިސްޓިކްސް

އާބަން ސްޓަޑީޒް

 މަޤާމުގެ ކޯ ޑިސިޕްލިންތައް:

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕްރިފާޑް ޑިސިޕްލިންގ

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޕްރޮޖެކްޓު މެނޭޖުމަންޓު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (15%)
  •  ކޯ/  ޕްރިފާރޑް ޑިސިޕްލިން (5%)
  • ގުޅޭ މަސައްކަތު ތަޖްރިބާ (10%)
  • ޕްރެޒެންޓޭޝަން (20%)
  • ލިބިފައިވާ ހުނަރު (އިންޓަވިއުއަށް) (50%)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2021 ގެ 13:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 15 މާރޗް 2021 އާއި 23 މާރޗް 2021 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841032 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 މާރިޗު 2021
ހޯދާ