މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-266299

ބޭނުންވާ އަދަދު:

1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު

މުސާރަ:

މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް) ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 (ހަތްސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތަރައްޤީގެ ޕްލޭން ތައްޔާރުކުރުން.
  4. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް 5 އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚަށް ހުށައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ތަރައްޤީގެ ޕްލޭންގެ މުއްދަތު ދެބައިވުމުން އަދި ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ޕްލޭން ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ މަޢުލޫމާތު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށައެޅުމާއި ފާސްކުރެވޭ މަސައްކަތު ތާވަލުގެ މަޢުލޫމާތު ކަމާއިގުޅުން ހުރި ޔުނިޓްތަކާ ހިއްސާކުރުމާއިއެކު ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތު ތާވަލު ފޮނުވުން.
  7. ތަރައްޤީގެ ޕްލޭންއަށް ޢަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯޓް ކޮންމެ ދެމަހުން އެއްމަހު ތައްޔާރުކޮށް ޢާއްމުކުރުން.
  8. ކައުންސިލްގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލްގެ ލަފާގެ މަތިން ބިޒްނަސް ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ޕްލޭން އެކުލަވާލުން އަދި ޕްރޮޖެކްޓްތައް ކުރިޔަށްގެންދާނެ ގޮތެއް އެކުލަވާލުން.
  10. ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން
  11. ރަށުގެ ތަރައްޤީގެ ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެއަހަރަކު ހިންގާނެ ޙަރަކާތްތައް ކަނޑައަޅާ އެކަން ހިންގާ ނުހިނގާގޮތް ބެލުން
  12. ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެތެރެއިން ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް  ސެކްޝަން ހެޑްގެ ލަފާގެމަތިން ތަންފީޛުކުރުން
  13. ކުއްލި ޙާލަތްތަކުގައި ރަށުފެންވަރުގައި އެއްކުރަންޖެހޭ މަޢުލޫމާތުއެއްކުރުން
  14. ކާރިސާތަކުން ރައްކައުތެރިވުމަށް ރަށުފެންވަރުގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ އިދާރީ މަސައްކަތްކުރުން
  15. އެކިއެކި ބޭނުންތަކަށް ރަށުން ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަކުރުމުގެ މަސައްކަތްކުރުން
  16. ރަށުކައުންސިލްގެ އިންޓާރނަލް އޮޑިޓާއި އެކްސްޓަރނަލް އޮޑިޓް ހެދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  17. ކުރަންޖެހޭ މަސައްކަތްތައްކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން.
  18. ރަށު ކައުންސިލުން ހިންގާ ތަރައްޤީގެ ޙަރަކާތްތަކާ ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމާއި، ތިމާވެއްޓާބެހޭ، މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީ އެކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.
  19. ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އަދި ލޭންޑް ޔޫސިންގ ޕްލޭން ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި، އެނޫންވެސް އެކިއެކި ޕްލޭންތަކާ ގުޅިގެން، ލަފަޔާއި އިރުޝާދު ހޯދަންޖެހޭ އެކިއެކި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދާއި ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  20. ސަރުކާރުގެ ފަރާތުންނާއި، ރަށު ކައުންސިލުން އަދި އެހެނިހެން ގޮތްގޮތުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ދޭންޖެހޭ ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ ސާރވޭ އަދި ދިރާސާތައް ކުރުމުގެ ކަންތައް ބަލަހައްޓައި، ތަރައްޤީގެ އެކި ކަންކަމަށް ބޭނުންވާ ޑޭޓާތައް ހޯދައި ބެލެހެއްޓުން.
  21. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.
  22. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރު ނުވެވޭގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖު ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތްތައް ކުރުން
  23. ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  24. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން
  25. އިދާރާގެ މަސައްކަތްތަކާއި ގުޅިގެން ބައިވެރިވާންޖެހޭ ކޮމިޓީ ތަކުގައި ބައިވެރިވެ ކޮމިޓީތަކުގެ މަސައްކަތް ކުރުން.
  26. އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އޮފީސް ޑިއުޓީ އަދާކުރުމަށް ޖެހިއްޖެ ހާލަތެއްގައި އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވާ ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން.
  27. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
  28. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރު ނުވެވޭގޮތް ދިމާވެއްޖެނަމަ ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރު ހަމަޖައްސަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  29. ކައުންސިލް އިދާރާގެ މުވައްޒަފުން ނުކުމެ ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވެ ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުން.
  30. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑި ނިމުމުގެ ކުރިން ސްޕަރވައިޒަރަށް ރިޕޯޓުކޮށް އަޕްޑޭޓްތައް ދެމުން ގެންދިއުން.
  31. ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢޫލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

- ބިޒްނަސް އެޑްމިނިސްޓްރޭޝަން،

- ބިޒްނަސް މެނޭޖްމަންޓް،

- އިކޮނޮމިކްސް،

- ޕްރޮޖެކްޓު މެނޭޖްމަންޓް،

- ސޯޝަލް ސައިންސް،

- އާބަން ސްޓްޑީޒް

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ޕްރޮޖެކްޓު މެނޭޖްމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  http://www.csc.gov.mv/download/2249) އާއި މިއިދާރާގެ ވެބްސައިޓު www.mci.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާރު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒޫފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޯށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންނކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ %

ކެޓަގަރީގެ ޖުމުލް އިންސައްތަ %

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް

5

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޙާނު/ ޕްރެކްޓިކަލްސް

50

20

70

އިންޓަވިއު

100

50

ޖުމުލަ

240

100

100

ނޯޓް: މަޤާމަށް އައްޔަންކުރެ ވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %35 (ތިރީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2021 ގެ 13:00 ގެ ކުރިން،  މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު(އިމްތިޙާނާއި ޕްރެކްޓިކަލް)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނާއި ޕްރެކްޓިކަލް އޮންނާނީ 15 މާރޗް 2021 އާއި 25 މާރޗް 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009830، 4009831، 4009833 އަށެވެ. އީ-މެއިލް ކުރާނީ [email protected]  [email protected],އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

23 ރަޖަބު 1442

07 މާރިޗު 2021
ހޯދާ