މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދެމުންދާ މުނިސިޕަލް ހިދުމަތްތަކާއި ވިޔަފާރީގެ އިދާރީ ކަންތައްތައް ބެލެހެއްޓުމަށް އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ބޭނުންވެއްޖެ

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ 
މުސާރަ: -/4465ރުފިޔާ

ސަރވިސް އެލަވަންސް:

-/1500ރުފިޔާ
ސަޕޯޓިންގ ކޯއެލަވަންސް: /-700ރުފިޔާ 
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. ޕްރީސްކޫލް މުވައްޒަފުންގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރަ ޝީޓް ހެދުން
  2. ކައުންސިލްގެ މުނިސިޕަލް ހިދުމަތުގެ ހުރިހާ މުވައްޒަފުންގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރަ ޝީޓް ހެދުން
  3. ޕްރީ ސްކޫލް މުވައްޒަފުންގެ ހާޟިރީ އާއި މުނިސިޕަލް ޚިދުމަތްތަކުގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން
  4. ބިދޭސީ މުވައްޒަފުންގެ ވޯކްވިސާގެ އެންމެހައި ކަންކަން ބެލެހެއްޓުން
  5. މުނިސިޕަލް ހިދުމަތްތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯދުމަށް އެހީތެރިވެދިނުން
  6. އިޖުތިމާޢީ ސަރަހައްދުތަކާއި ޕާކްތަކާއި ބަނދަރު ސަރަހައްދު ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުން
  7. ރައްޔިތުންގެ ވިޔަފާރީގެ ޕްރޮކިއުމަޓްގެ ކަންކަމަށް އެހީތެރިވުން
  8. ރައްޔިތުންގެ ނަމުގައި ހިންގޭ ވިޔަފާރީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން
  9. މުނިސިޕަލް ޚިދުމަތް ދިނުމަށް ބޭނުންކުރާ ވެހިކަލްގެ އިދާރީ އެންމެހައި ކަންކަން ބެލެހެއޓުން
  10. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނަށާއި ކައުންސިލަރުންނަށް އެހީތެރިވެދިނުން
މަޤާމުގެ ޝަރުޠުތައް:
  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ ދާއިރާ: އެޑްމިނިސްޓްރޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު  މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  1. މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރޗް 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މާލެއަތޮޅު ތުލުސްދޫ ކައުންސިލް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 މާރޗް 16އާއި 2021 މާރޗް 21 އާއި ދެމެދު ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު: މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640183  ނަންބަރު ފޯނާއެވެ. 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މާރިޗު 2021
ހޯދާ