ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ކާނިވަލްގައި ބައިވެރިވުމަށް އެދޭ މުއްދަތު އިތުރުކުރުން

ރަމަޝާން މަހުގެ ދެވަނަ ދުވަހު ފަށާގޮތަށް، މި ބޯޑާއި މާލެ ސްޕޯޓްސް ކްލަބާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިމިވާ ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ 15 މާރޗް 2021 ވާ ހޯމަ ދުވަހުގެ 15:00 އާއި ހަމައަށް މުއްދަތު އިތުރުކުރެވިފައެވެ.

އެހެން އަހަރު ތަކެކޭވެސް  އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ. 

  • އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500.00 ރުފިޔާއެވެ.   
  • އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000.00 ރުފިޔާއެވެ.   
  • ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000.00 ރުފިޔާއެވެ. 

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެއެވެ.  

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

04 މާރިޗު 2021
ހޯދާ