ދިވެހިރާއްޖެ
ނަންބަރު: (iul)202-M/1/2021/25
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނުތަކެއް 2021 މާރިޗު 14،15،16 ތިން ދުވަހު 17.30 އިން 19.30 އަށް ކ.ގިރިފުށީގައ ބޭއްވުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. ވީމާ މި ތަމްރީނުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 3000 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުށީގެ ރޭންޖް އިން ހުޅަނގު ދެކުނު
ވީމާ، ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 ރަޖަބު 1442
03 މާރިޗު 2021
ސަރުކާރުގެ ގެޒެޓް