މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

  ނަންބަރު: (iul)202-M/1/2021/26

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނުތަކެއް 2021 މާރިޗު 22 އިން 24 އަށް ތިން ދުވަހު 18.00 އިން 22.30 އަށް ކ.ގިރިފުށީގައ ބޭއްވުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. ވީމާ މި ތަމްރީނުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :              އޭކޭ ސީރީޒް ރައިފަލް

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:        4100 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        100 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:          ގިރިފުށީގެ ރޭންޖް އިން ހުޅަނގު ދެކުނު

 

            ވީމާ، ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 

 

                  19 ރަޖަބު      1442

                  03 މާރިޗު     2021

 

 

ސަރުކާރުގެ ގެޒެޓް

 

04 މާރިޗު 2021
ހޯދާ